ads
ޝާހު ރުކް ހާން
އަހަރެން ވަނީ ދުންފަތުގެ އިސްތިއުމާލުކުރަން ދެވިހިފައިފަ: ޝާހުރުކް ހާން
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން މަސައްކަތްކުރަންތޯ ބޮލީވުޑުގެ ތަރި ޝާހުރުކް ހާން އާއި ފޭނަކު ސުވާލު ކުރުމުން އޭނާ ދިން ޖަވާބުން ގިނަބަޔަކު އަޖައިބުވެއްޖެއެވެ.

ޝާހުރުކް ހާން ތެދުވެރިކަމާއެކު ޖަވާބު ދެމެން ބުނީ އޭނާ އެތައް ފަހަރަކު މަސައްކަތް ކުރި ނަމަވެސް ދުވަހަކުވެސް ހެޔޮގޮތުގައި ދުންފަތަތް ދޫކޮށްލެވޭ ގޮތެއް ނުވި ކަމަށެވެ. 

އޭނާ ސަމާސާކޮށް ބުނީ އޭނާއަކީ ދުންފަތުގެ އިސްތިއުމާލުކުރުން "އެޑިކްޓްވެފައި ހުރި" މީހެއް ކަމަށާއި، ކާމިޔާބު ލިބެންދެން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

އެއްބަޔަކު އޭނާގެ ތެދުވެރިކަމަށް ތައުރީފު ކުރިއިރު، އަނެއް ބަޔަކު ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާނުލެވޭ ކަމަށް ބުނެ ފާޑުކިޔާފައެވެ. 

ނަމަވެސް ޝާހުރުކް ހާންގެ މި ޖަވާބުން ދުންފަތުގެ އިސްތިއުމާލުކުރަން ހުއްޓާލުމަށް ގިނަބަޔަކަށް ގޮންޖެހުންތަކަކާ ދިމާވާކަން ވަނީ ހާމަވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް