ads
ދައުރުވަމުން އަންނަ ވީޑިއޯގެ ސްކްރީންޝޮޓެއް
ފެޝަން ޝޯއެއްގެ ތެރެއިން 24 އަހަރުގެ މޮޑެލެއްގެ ބޮލަށް ހޮޅިދަނޑިއެއް ވެއްޓި މަރުވެއްޖެ
ހޮނިހިރު ދުވަހުގެ ރޭ ނޮއިޑާގެ ފިލްމް ސިޓީގައި ބޭއްވި ފެޝަން ޝޯއެއްގައި ޝޯއެއްގެ ތެރެއިން 24 އަހަރުގެ މޮޑެލެއްގެ ބޮލަށް ހޮޅިދަނޑިއެއް ވެއްޓި މަރުވެއްޖެއެވެ.

ލައިޓިން ޓްރަސްއެއް ވެއްޓި އުމުރުން 24 އަހަރުގެ މޮޑެލްއެއް މަރުވެ އިތުރު މީހަކަށް އަނިޔާވިއެވެ. މި ހާދިސާ ހިނގާފައިވަނީ އެރޭ 11 ޖަހާ އެހާކަންހާއިރު ކަރިޝްމާ އުޕަދްޔާ ނަމަކަށް ކިޔާ މޮޑެލް ރެމްޕްގައި ހިނގާފައި ދަނިކޮށެވެ. ލައިޓްތަކާއި އެހެނިހެން ސާމާނު ހަރުކޮށްފައި ހުރި ޓްރަސް ވެއްޓުމާއެކު އޭނާ ވަނީ ވަގުތުން މަރުވެފައެވެ. ޝޯ ސެޓްއަޕް ކުރުމަށް އެހީތެރިވަމުން ދިޔަ އިތުރު މީހަކަށް ވެސް ވަނީ އަނިޔާވެފަ އެވެ.

މި އެކްސިޑެންޓް ހިނގި ސަބަބު އަދިވެސް ތަހުގީގު ކުރަމުން އަންނަ ނަމަވެސް ބެލެވޭ ގޮތުގައި ޓްރަސް އަށް އޯވަރލޯޑް ވެދާނެ ނުވަތަ ސްޓްރަކްޗަރަލް މައްސަލައެއް ދިމާވެދާނެ ކަމަށް ބެލެވެއެވެ. މި ފެޝަން ޝޯ ބާއްވަމުން ދިޔައީ ފިލްމް ސިޓީގެ ޕްރައިވެޓް އިވެންޓް ވެނިއުއެއްގައެވެ.

ކަރިޝްމާ އުޕަދްޔާ އަކީ ވަރަށް ފަހުން ކެރިއަރު ފެށި ޒުވާން އަދި އުއްމީދީ މޮޑެލްއެކެވެ. ނޭޝަނަލް އިންސްޓިޓިއުޓް އޮފް ފެޝަން ޓެކްނޮލޮޖީން ޑިގްރީ ހާސިލް ކޮށްފައިވާ ކަރިޝްމާ ވަނީ އިންޑިއާގެ މަޝްހޫރު ބައެއް ޑިޒައިނަރުންނާ އެކު މަސައްކަތް ކޮށްފައެވެ. އޭނާގެ މަރަކީ ފެޝަން އިންޑަސްޓްރީއަށާއި އާއިލާ އާއި ރައްޓެހިންނަށް ލިބުނު ހިތާމަވެރި ބޮޑު ގެއްލުމެކެވެ.

މި އެކްސިޑެންޓްގައި އަނިޔާވި އަނެއް މީހާގެ ހާލު ސްޓޭބަލް ކަމަށް ރިޕޯޓުތައް ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް