ads
ބަންދު ދެދުވަހު ގަދައަށް ނިދިޔަސް ފައިދާއެއް ނުކުރާނެ، ވާނީ އިތުރަށް ގޯސް!
ހަފްތާތެރޭގައި ހަމަ ނިދި ނުލިބެ، ބަންދު ދެވަހު ގަދަޔަށް ނިދިޔަސް އޭގެ އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށާއި ވާނީ އިތުރަށް ގޯސްކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

ހަފްތާތެރޭ ބޭނުންވާ ނިދި ނުލިބި، ބުރަކޮށް އުޅެފައި ހަފްތާ ބަންދުގައި ގިނައިރު ނިދަން އޮތުމަކީ ވަރަށް ގިނަ މީހުންގެ އާދައެކެވެ. ހަފްތާތެރޭގައި ނުލިބި ހުރި ނިދިކޮޅު، ހަފުތާ ބަންދުގެ ދެދުވަހަށް ބަހާލައިގެން ނިދާ މީހުން މަދެއް ނޫނެވެ.

އެއީ ގިނަ ބައެއްގެ އަދާއއެއް ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އައިއެފްއެލް ސައިންސް އިން ކުރިއަށް ގެންދިޔަ ދިރާސާގެ ރިޕޯޓްގައިވާގޮތުން، މިގޮތަށް އެއް ފަހަރާ ގިނަ އިން ނިދި ނަމަވެސް އެކަމުން ކުރާނެ މާ ބޮޑު ފައިދާއެއް ނެތެވެ. އަދި މިގޮތަށް ނިދުމުން، މީހާ ތާޒާވެ ހަށިގަނޑަށް ކުރާ ފައިދާގެ ބަދަލުގައި ލިބޭ ގެއްލުން މާ ބޮޑުކަމަށް ދިރާސާއިން ދައްކާކަމަށް ދިރާސާ ކުރި އައިއެފްއެލް ސައިންސްއިން ބުނެ އެވެ.

އައިއެފްއެލް ސައިންސްއިން ބުނާގޮތުން، މިގޮތަށް ނިދާ ފަރާތްތަކުން، ލުއި ކާނާ ފަދަ ތަކެތި އިތުރަށް ކާ ކަމަށް ފާހަގަ ކުރެވެއެވެ. އަދި އެ ފަރާތްތަކުގެ ބަރުދަން ބަރުވެ، އިންސޫލިން ސެންޓިވިޓީ ދަށްކޮށްލާފައި ވާކަމަށް ދިރާސާ ކުރި ފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން މިގޮތަށް ނިދާ ފަރާތްތަކުން ފުރަތަމަ ދުވަހު ތާޒާ ކަމާއެކު ހުރި ނަމަވެސް ޖެހިގެން އަންނަ ދުވަހު އަނެއްކާވެސް ވަރުބަލިކަމުގެ ސިފަތައް އެމީހުނެގެ ގައިން ފެންނަން ފަށައެވެ.

ހަށިގަނޑަށް ބޭނުންވާ ވަރަށް ހަމަ ނިދި ނުލިބޭ ކަމުގައި ވާނަމަ، އޭގެ ނޭދެވޭ އަސަރު ފެނިގެންދާނެއެވެ. ހަމަ ނިދި ނުލިބޭ ފަރާތްތަކުގެ ހަކުރުގެ މައްސަލަ އިތުރުވުމާއި ބަރުދަނުގެ މައްސަލަތަކާ ކުރިމަތިވެއެވެ. އަދި ހަމަ ނިދި ނުލިބޭ ފަރާތްތައް ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކަށް ވެއްޓުމުގެ ފުރުސަތު ބޮޑެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް