ads
ރައީސް ޔާމީން އަދި އަދީބް
އަދީބަށް ރައީސް ޔާމީންގެ އިންޒާރެއް!
ޕީޕީއެމްގެ ވެރިކަމެއްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މިހާރު ހުންނަހެން ގޭގައި ހުރެވިދާނެތޯ ސުވާލުކުރައްވާ ރައީސް އަބްދުﷲ ޔާމީން އަދީބަށް އިންޒާރު ދެއްވައިފިއެވެ.

ފުއްގިރި މައްސަލާގައި ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުގެ ހެތްކެއްގެ ގޮތުގައި ހެކިބަސް ދެއްވުމަށް އަދީބު ވަޑައިގެންނެވުމުން ރައީސް ޔާމީން ވިދާޅުވީ މިމައްސަލާގައި ދައުލަތުން ބޭނުންވާގޮތަށް ހެކިބަސް ދީފިނަމަ ގޭބަންދުން މިނިވަން ވަނީތޯ ސުވާލު ކުރައްވާފައެވެ.

އަދި ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު ޕީޕީއެމްގެ ވެރިކަމެއްގައި އަދީބަށް ޕީޖީ އޮފީހާ އެއްބަސްވުން ހަދައިގެން އެގޮތަށް ގޭގައި ހުރެވިދާނެތޯ ރައީސް ޔާމީން ވިދާޅުވިއެވެ. 

ރައްދުގައި އަދީބް ވިދާޅުވީ ގޭގައި ހުންނަވަނީ ސިއްހީ ސަބަބުތަކަކަށް ޓަކައިކަމަށާއި އެއީ ޕީޖީއާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ސަަބަބުން ލިބުނު ލުޔެއް ނޫންކަމަށް ވިދާޅުވެފައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އަދީބުވެސް ގެންދަވަނީ 17 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ރައީސް ޔާމީން ޝަރީއަތުގައި އަދީބަށް އިންޒާރު ދެއްވާ ބީދައިން ވާހަކަފުޅު ދެއްކެވުމުން ގާޒީވަނީ ރައީސް ޔާމީން ހުއްޓުވާފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް