ads
އިދިކޮޅު މުޒާހަރާ ތެރެއިން——ފޮޓޯ: ޕީޕީއެމް
އިދިކޮޅު ހަރަކާތްތައް ނުހުއްޓުވޭނެ- ޕީޕީއެމް
ސަރުކާރާއި އިދިކޮޅު ޕީޕީއެމްއިން ކުރިއަށްގެންދާ މަގުމަތީގެ ހަރަކާތްތައް ހުއްޓުވަން ފުލުހުން ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކޮށް އަދި މީހުންނަށް އަނިޔާވާ ގޮތަށާއި ތަކެއްޗަށް ގެއްލުއްވާ ގޮތަށް އަމަލުކުރި ނަމަވެސް އެ ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް އިން މިހެން ބުނެފައިވަނީ އެޕާޓީން ނެރެފައިވާ ބަޔާނެއްގައިއެވެ. 

11 އަހަރުގެ ޖަލުހުކުމެއްގައިވާ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއަށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ޕެޕަ ސްޕްރޭ ޖެހުމާއި، ބައިވެރިންގެ ތެރެއަށް ފުލުހުން ވަދެގަތުމާއި އަދި އަނިޔާވާ ގޮތްގޮތަށް މީހުން ހައްޔަރުކުރުމުގެ އިތުރުން ގަސްދުގައި އަނިޔާކުރަމުން ގެންދާ ކަމަށްވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.

"މީގެ އިތުރުން ސުލްޙަވެރިކަމާއެކު އަޑުއުފުއްލަވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު، ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އިހްތިޖާޖުގެ ތެރޭގައި ސުލްޙަވެރިކަމާއެކު ހުންނަވަނިކޮށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ކުއްލިއަކަށް ވަނީ ހައްޔަރުކޮށްފަ އެވެ." ބަޔާނުގައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އޯޑަރު ދެއްވި ނަމަވެސް ގާނޫނާއި ގަވާއިދުތަކުގެ ބޭރުން އަމަލުކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން އެއީ ކުރެވިގެން ވާނޭ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އޯޑަރު ދެއްވި ނަމަވެސް ޣައިރު ގާނޫނީ އަމުރަށް ކިޔަމަން ނުވުމަށް ފުލުހުންނަށް ނަސޭހަތްތެރިވެފައިވެ އެވެ. 

އަދި މުޒާހަރާގައި ބޭނުންކުރާ ތަކެއްޗާއި ސާމާނަށް ގަސްދުގައި ގެއްލުން ދިނުމުގެ ފިނޑި އަމަލު ނުހިނގުމަށްވެސް ގޮވާލާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް