ads
އައިންތު އަލީ ވަޒީރު މަހްލޫފާއެކު
ހަތަރު މުބާރާތަކަށް ޗެފް ޑި މިޝަނުން އައްޔަންކޮށްފި
މިއަހަރު ބައިވެރިވާ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކުގެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނުން އައްޔަނު ކޮށްފި އެވެ.

ޗެފް ޑި މިޝަނުން އައްޔަންކޮށްފައިވަނީ ކޮމަންވެލްތު ޔޫތު ގޭމްސް، އޭއެންއޯސީ ވޯލްޑް ބީޗް ގޭމްސް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އޭޝިއަން ގޭމްސް އަދި އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް އެވެ. މި މުބާރާތްތަކުގައި ރާއްޖޭން ވާދަކުރާނެކަން ކުރިންވަނީ އިއުލާންކޮށްފައެވެ.

މި މުބާރާތްތަކުގެ ތެރެިން އޮގަސްޓް މަހުގެ 4-11 އަށް ޓްރިނަޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގެ ޗެފް ޑި މިޝަނަކަށް ހަމަޖެއްސީ އާމިނަތު އަލީ (އައިންތު) އެވެ. އޮގަސްޓް 5-12 އަށް އިންޑޮނޭޝިއާގެ ބާލީގައި ބާއްވާ ވޯލްޑް ބޯޗް ގޭމްސްގެ ޗެފް ޑި މިޝަނަކީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އެވެ.

ރާއްޖޭން އެންމެ ބޮޑު ކޮންޓިންޖެންޓެއް ބައިވެރިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އޮތީ އޮގަސްޓް 25 އިން ސެޕްޓެމްބަރު 3 އަށް މަޑަގަސްކަރައިގަ އެވެ. އައިއޯއައިޖީގެ ޗެފް ޑި މިޝަނަކަށް ހަމަޖައްސާފައި ވަނީ އަބްދުލް ނާފިއު ތައުފީގެވެ. އަދި ޗައިނާގެ ހަންގްޒޫގައި އޮންނަ އޭޝިއަން ގޭމްސްގެ ޗެފް ޑި މިޝަނަކަށް ހަމަޖައްސާފައި ވަނީ އަބްދުލް ގަފޫރު އަބްދުލް ހަމީދު (އައްޑޯ) އެވެ. އޭޝިއަން ގޭމްސް ކުރިއަށް ދާނީ ސެޕްތެމްބަރު 23 އިން އޮކްޓޫބަރު 8 އާ ހަމައަށެވެ.

ޗެފް ޑި މިޝަންގެ ޒިންމާ އަކީ ގޭމްސްގައި ރާއްޖޭގެ އެތުލީޓުންނާއި މުޅި ދިވެހި ކޮންޓިންޖެންޓާ ގުޅޭ ހުރިހާ ކަމެއް ބެލެހެއްޓުމެވެ. އޭގެ ތެރޭގައި ލޮޖިސްޓިކް އާއި ދިވެހި އެތުލީޓުންނާ ގުޅޭ އިދާރީ އެންމެހާ ކަންތައްތަކެއް ވެސް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް