ads
ޕީޕީއެމް އެކްޓިވިސްޓުން މިއަދު ޑރ އިޔާޒަށް ފުރައްސަރަ ކުރަނީ
ޑރ. އިޔާޒަށް ފުރައްސާރަކުރި މައްސަލަ އަދާލަތުން ކުށްވެރިކޮށްފި
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބުރައީސް ޑރ މުހައމަދު އިޔާޒަށް މަގުމަތިން ބަޔަކު ދިމާކޮށް ފުރައްސާރަކުރި މައްސަލަ އަދާލަތުޕާޓީން ކުށްވެރިކޮށްފި އެވެ.
Advertisement

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބުރައީސް ޑރ މުހައމަދު އިޔާޒަށް މަގުމަތިން ބަޔަކު ދިމާކޮށް ފުރައްސާރަކުރި މައްސަލަ އަދާލަތުޕާޓީން ކުށްވެރިކޮށްފި އެވެ.

ޑރ އިޔާޒަށް ފުރައްސާރަ ކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނަނީ  އިދިކޮޅު ޕީޕީއެމް ޕީއެންސީ އެކްޓިވިސްޓުން ތަކެއް އިޔާޒަށް ހުރަސްއަޅައި ވަރަށް ހަޑިހުތުރު ނަން ނަމުން ގޮވާ "ބޮޑު ކާފަރު" ގޮވާ ހަދާ މަންޒަރެވެ.

އަދާލަތު ޕާޓީން ވަނީ އިދިކޮޅު އެކްޓިވިސްޓުންގެ މިއަމަލުތައް ކުށްވެރިކޮށްފައެވެ. އަދި އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެފަދަ ދަށު ދަރަޖައިގެ އަމަލުތަކުގެ ސަބަބުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަސައްކަތް ނުހުއްޓުވޭނެކަމަށް އެޕާޓީން ބުނެއެވެ.

އިދިކޮޅު އެކްޓިވިސްޓުންގެ އަމަލުތަކުން ދޭހަކޮށްދެނީ އިދިކޮޅު ޕާޓީތަކުގެ ވެރިން ރާވައިގެން އަމިއްލަ މަންފާއަށް އާންމު މެންބަރުން ލައްވާ އިސްލާމް ދީނާއި ގާނޫނުތަކާއި އަދި އާންމު އަހުލާގީ މިންގަނޑާ ހިލާފުކަންކަން ކުރުވާކަންކަމަށްވެސް އަދާލަތު ޕާޓީން ބުނެއެވެ.

ޑރ އިޔާޒަށް ބަޔަކު މިއަދު ފުރައްސާރަކުރިއިރު އިޔާޒަކީ ސިޔާސީ ކަންކަމުގައިވެސް ސޯޝަލް މީޑިއާގައި ބަސް ވިދާޅުވާ ބޭފުޅެކެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް