ads
މަޖީދީ މަގުގައި ވެހިކަލްތައް
މާލެ ސަރަހައްދުގެ ޓްރާންސްޕޯޓާއި ގުޅޭ ހާއްސަ ޕްލޭނެއް ހަދަނީ
ޓްރާންސްޕޯޓާއި ގުޅޭ ހާއްސަ މާސްޓަ ޕްލޭނެއް ހެދުމުގެ މަސައްކަތް ފަށައިފިކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

މިއީ ޓްރާންސްޕޯޓް މިނިސްޓްރީން ހިންގާ "އިންޓަގްރޭޓެޑް ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއުގެ ކުރިއަށްދާ މަސައްކަތެކެވެ. 

މިމަސައްކަތް ކުރުމަށް ގްލޯބަލް އެންވަޔަރުމެންޓް ފެސިލިޓީ (ޖެފް) އިން ފަންޑު ހަމަޖައްސައި ދީފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

މިނިސްޓްރީން އާންމުކުރި މައުލޫމާތު ކަރުދާހުގައިވާ ގޮތުން ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލާ މި މަސްޓަ ޕްލޭންގެ މައިގަނޑު މަގުސަދަކީ މާލެ ސަރަހައްދުގައި ތިމާވެއްޓާ ރައްޓެހި އުޅަނދުފަހަރު ބޭނުންކުރާ މިންވަރު ދެނެގަނެ، ދުރު ރާސްތާއި އެކަމަށް މީހުން ޝައުގުވެރިކުރުވާނެ ގޮތްތަކެއް ހޯދައި މާލެ ސަރަހައްދުގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރެވޭނެ ގޮތްތަކާއި ޕަބްލިކް ޓްރާންސްޕޯޓް ހަރުދަނާ ކުރެވޭ ގޮތްތައް ވެސް މި ޕްލޭނުގައި ހިމަނާފައިވާނެ ކަމަށް މިނިސްޓީން ބުނެފައިވެއެވެ. 

މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން  އަންނަ މަހު 9 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް