ads
ދައުރުވަމުން ދާ ވީޑިއޯގެ ސްކްރީން ޝޮޓެއް
ވަންވޭ ފަޅާފައި ނުކުތް މީހެއްގައިގައި ޖެހި ޑރ އިޔާޒު އެކްސިޑެންޓު ނުވީ ކިރިއާ
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބުރައީސް ޑރ މުހައމަދު އިޔާޒަށް މަގުމަތިން ބަޔަކު ފުރައްސާރަ ކުރަނިކޮށް އެމީހުންގެ ކައިރިން ރެކިގެން ސައިކަލުގައި ދަނިކޮށް ކަނބާ އައިސާރަނި ހިނގުމުން ވަންވޭއާއި އިދިކޮޅަށް ނުކުތް ސައިކަލެއްގައި ޖެހި ޑރ. އިޔާޒު އެކްސިޑެންޓު ނުވީކިރިއާއެވެ.
Advertisement

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބުރައީސް ޑރ މުހައމަދު އިޔާޒަށް މަގުމަތިން ބަޔަކު ދިމާކޮށް ފުރައްސާރަކުރި މައްސަލަ ބުދަ ދުވަހު އަދާލަތުޕާޓީން ވަނީ ކުއްވެރިކޮށްފައެވެ. 

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބުރައީސް ޑރ މުހައމަދު އިޔާޒަށް މަގުމަތިން ބަޔަކު ދިމާކޮށް ފުރައްސާރަކުރި މައްސަލަ އަދާލަތުޕާޓީން ކުށްވެރިކޮށްފި އެވެ.

ޑރ އިޔާޒަށް ފުރައްސާރަ ކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނަނީ  އިދިކޮޅު ޕީޕީއެމް ޕީއެންސީ އެކްޓިވިސްޓުން ތަކެއް އިޔާޒަށް ހުރަސްއަޅައި ވަރަށް ހަޑިހުތުރު ނަން ނަމުން ގޮވާ "ބޮޑު ކާފަރު" ގޮވާ ހަދާ މަންޒަރެވެ.

އެމީހުން ކައިރިން މަޖިދީމަގުން ގޮސް ކަނބާއައިސާ ރަނި ހިގުމަށް ޑރ. އިޔާޒު ލަނބާލާއިރު އެއް އަތުން ފޯނެއް ހިފައިގެން ވަންވޭއާއި އިދިކޮޅަށް މީހަކު ނުކުންނަ މަންޒަރު ފެނެއެވެ. އެމީހާ ގައިގައި ޑރ. އިޔާޒުގެ ސައިކަލު ނުޖެހުނީ ކިރިއާއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް