ads
ވިލިމާލޭ ދާއިރާ މެމްބަރު އަހުމަދު އުޝާމް'
އެލަވަންސް ބޮޑުކުރީ ސަރުކާރުން ބޭނުން އިރަކު ހުއްޓާލެވޭގޮތަށް: އިޝާމް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އެލަވަންސަކީ ގާނޫނަކުން ކަނޑައެޅިފައިވާ އެލަވަންސެއްކަމަށާއި ގާނޫނަށް ބަދަލު ނުގެނެސް އެލަވަންސް ބޮޑުކޮށް ބަދަލު ކުރުމުން، ސަރުކާރުން ބޭނުން އިރަކު އެކަން ހުއްޓާލެވޭނެކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ އެއް ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
Advertisement

ގިންތި ތަކަކަށް ބަހާލައިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެލަވަންސް ބޮޑުކޮށް އެކަން ސަރުކާރުން އިއުލާން ކުރީ އިއްޔެއެވެ.

މިހާރު ގާނޫނުގައި ބުނާގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވެނީ 2000 ރުފިޔާގެ މާލީ އިނާޔަތެކެވެ. ނަމަވެސް އިއްޔެ ސަރުކާރުން ބުނީ ގެނެވުނު ބަދަލާއެކު އެންމެ ކުޑަކޮށް ލިބޭ ފަރާތަކަށްވެސް 3000 ރުފިޔާ ލިބޭނެ ކަމަށެވެ.

އަދި އެންމެ ގިނައިން އެލަވަންސް ލިބޭ ގެޓަގަރީއަށް 7000 ރުފިޔާ ލިބޭއިރު އެ ގެޓަގަރީގައި މިހާރުވެސް 222 މީހުން ހިމެނޭކަމަށް ސަރުކާރުން ބުނެއެވެ.

އުޝާމް ވިދާޅުވީ ގާނޫނަކުން ކަނޑައަޅާފައިވާ އިނާޔަތަކަށް ބަދަލު ގެނެވޭނީ ގާނޫނަށް އެ ބަދަލެއް ގެނެސްގެން ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އެލަވަންސް 5000 - 7000 ރުފިޔާއަސް ބޮޑުކުރުމަށް މިހާރުގެ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ދަނގެތީ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން މީގެ ހަތަރު އަހަރު ކުރިން ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އެކަމަށް ސަރުކާރުން އިޖާބަނުދީ ގާނޫނަށް ބަދަލު ނުގެނެސް އެލަވަންސް ބޮދުކުރުމަކީ ސުވާލު އުފެދޭކަމެއްކަމަށް އުޝާމް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އެލަވަންސް ގާނޫނަށް ބަދަލު ނުގެނެސް ބޮޑުކުރުމުގެ ނަނީޖާއަކީ ސަރުކާރުން ބޭނުން ވުމުން އެކަން ހުއްޓާލުންކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް