ޗައިނާގެ އުމުރުން 26 އަހަރުގެ ޗައިނާ އަންހެން މީހާ ސޯޝަލް މީޑިއާގައި ބުނީ މިމަހު ހަ ވަނަ ދުވަހު ޑައިވް ގުރޫޕަކާ އެކުރާއްޖެއައިސް އަނބުރާ ގައުމަށް ދިއުމުގެ ކުރިން މާލެ އަތޮޅުގައި އޮންނަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލަންޑް ރިސޯޓަށް ޗުއްޓީއަށް ދިޔަ ކަމަށެވެ.
އޭނާ ރޭޕްކުރީ ރިސޯޓުގައި އޭނާއަށް ކަނޑައަޅާފައިވާ ބަޓްލަރުކަމަށާއި އެ މައްސަލަ ފުލުހުނަށާއި މާލޭގައި ހުންނަ ޗައިނާ އެމްބަސީއަށް ހުށަހެޅުކަމަށް އަންހެން މީހާ ބުނެފައި ވެއެވެ.
އޭނާ މައްސަލަ ހުށހަޅާފައިވަނީ ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަނަށެވެ.
ފުލުހުން ބުނީ ކ އަތޮޅު ރިސޯޓެއްގައި ޓޫރިސްޓަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ މި މަހުގެ ހަ ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި، ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށާއި ނަމަވެސް އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލަންޑް ރިސޯޓުން ބުނީ އެފަދަ އެއްވެސް ކަމެއް ހިނގައިގެން އުޅޭކަން އެ ރިސޯޓަށް އެނގިފައި ނުވާކަމަށާއި އެފަދަ ޝަކުވާއެއްވެސް ހުށަހަޅާފައި ނެތް ކަމަށެވެ.