ads
ނަސީރުއްދީން ޝާހު
ނަސީރުއްދީން ޝާހުގެ ކައިވެންޏަށް ހުރަސް އެޅި ސަބަބުތައް ހާމަކޮށްފި
މިހާރުގެ އަނބިމީހާ އާއި ކައިވެނިކުރަން އުޅުނުއިރު އޭނާއަކީ "ޑްރަގް އެޑިކްޓެއް" ގެ ގޮތުގައި ސިފަވެފައިވާތީ ކައިވެނިނުކޮށް ހަތް އަހަރު ދުވަހު މަޑުކުރަން ޖެހުނުކަމަށް ބޮލީވުޑުގެ މަޝްހޫރު ތަރި ނަސީރުއްދީން ޝާހު ހާމަކޮށްފިއެވެ.

ނަސީރުއްދީން ޝާހު ހާމަކުރި ގޮތުގައި ރަތުނާ ޕަތަކްގެ މައިންބަފައިން ފުރަތަމަ ކައިވެންޏާ ދެކޮޅު ހެދީ އޭނާއަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެއް ކަމަށްވާތީކަމަށެވެ. އަދި އިތުރު ސަބަބެއްގެ ގޮތުން މީގެ ކުރިން ވެސް ކައިވެނިކޮށްފައިވާމީހަކަށް ވާތީ ވެސް ކައިވެނިކުރަން ދަތިވިއެވެ. 

"ޕަތަކް އަށް ލޯބި ހުށަހެޅިތާ ހަތް އަހަރު ފަހުން ކައިވެނިކުރެވުނީ،" ނަސީރުއްދީން ޝާހު ބުންޏެވެ. 

އޭނާ ބުނި ގޮތުގައި މަސްތުވާތަކެތި ބޭނުން ކުރަން ފެށީ އުމުރުން 20 ވަރަކަށް އަހަރުގައެވެ. އޭގެ ފަހުން އެތައް އަހަރެއް ވަންދެން ދެވި ހިފާފައި ހުރި ކަމަށް އޭނާ ބުންޏެވެ. 

މީގެ ކުރިންވެސް އޭނާ ވަނީ ކައިވެންޏެއްކޮށްފައެވެ. 

ޝާހުގެ ފުރަތަމަ ކައިވެނި ޕަރްވީން މުރާދު އާއި 1975 އިން 1982 އަށް ކުރިއަށް ގެންދިޔައިރު، އެދެމީހުންނަށް އަންހެން ދަރިއަކު ވަނީ ލިވިފައެވެ. އެއީ ހީބާ ޝާހްއެވެ.

ޝާހު އެންމެފަހުން ރަތުނާ ޕަތަކް އާއި ކައިވެނި ކުރިއިރުވެސް އެމީހުން ކައިވެންޏަކަށް ރުހުމެއް ނުދެއެވެ. ނަަމަވެސް ކައިވެނީގެ ހަފްލާގައި ބައިވެރިވެ އެ ދެމީހުންނަށް ވަނީ ހެޔޮ ދުއާކޮށްފައެވެ. 

ޝާހް އާއި ޕަތަކްގެ ކައިވެންޏަށް 40 އަހަރަށް ވުރެ ގިނަ ދުވަސް މިހާރު ވެފައިވާއިރު، ދެމަފިރިންނަށް ވަނީ ދެ ފިރިހެން ދަރިން ކަމަށްވާ އިމާދު ޝާހް އާއި ވިވާން ޝާހް ވެސް ލިބިފައެވެ.

"ހިއުމަންސް އޮފް ބޮމްބޭ" އަށް ދިން އިންޓަވިއުގައި ޝާހް ބުނީ ޕަތަކްގެ މައިންބަފައިން އެންމެ ފަހުން އޭނާ ބަލައިގަންނަން އައުމުން އޭނާ ޝުކުރުވެރިވާ ކަމަށެވެ. އޭނާ ބުނީ އެއީ "އަޖައިބު ކުރުވަނިވި ބައެއް" ކަމަށާއި އެމީހުނާ ގުޅުން ބޭއްވުމަކީ  "ވަރަށް ބޮޑު ނަސީބެއް" ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް