ads
ސަން ސިޔާމް އަދި ރައީސް ޔާމީން
ފުއްގިރި ޝަރީއަތް މިއަދުވެސް ނުބޭއްވުނު، ދެން އޮންނާނީ އީދު ފަހުން
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލާގައި މިއަދު ބާއްވަން ތާވަލުކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވަނީ މިމައްސަލާގައި ދައުވާލިބޭ އެއް ފަރާތްކަމަށްވާ މއ. ކުރިކީލަހިޔާ އަހުމަދު ކުރިކް ރިޒާ ބަލިވެ އުޅޭތީއެވެ. އިއްޔެ ތާވަލުކުރި އަޑުއެހުންވެސް ކެންސަލްކުރީ ރިޒާ ބަލިވެ އުޅޭތީއެވެ.

ހެކިބަސް ނެގުމުގެ މަރުހަލާ ފެށިފައިވާއިރު، މިއަދުގެ އަޑު އެހުން ތާވަލުކޮށްފައި އޮތީ ހެނދުނު ނުވައެއް ޖަހާއިރަށެވެ. 

މި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ކުރެ އެވެ. މިއަދުގެ އަޑު އެހުން ކެންސަލް ކުރިއިރު މާދަމާވެސް މި މައްސަލައިގެ އަޑު އެހުމެއް އެބައޮތެވެ.

މިއަދާއި މާދަމާ އަށް ތާވަލްކޮށްފައި އޮތީ މި ޝަރީއަތުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިން ހާޒިރު ކުރުމެވެ. މިއަދު ދެ ހެކިން ހާޒިރުކުރަން ހަމަޖައްސާފައި ވާއިރު މާދަމާ ވެސް ދެ ހެކިން ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ހިޔާނާތުގެ މައްސަލާގެ ޝަރީއަތަށް، އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކުރި އޮފިސަރު އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނު ތަހުލީލުކުރި އޮފިސަރު ޝަރީއަތުގައި މިހާރުވަނީ ނަގާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް