ads
ރޭގެ އެއްވުމުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ
ސަރުކާރާ ދެކޮޅަށް ރޭގެ މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވެއްޖެ
އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ސިލްސިލާކޮށް ސަރުކާރާއި ދެކޮޅަށް ބާއްވަމުން ގެންދާ މުޒާހަރާ ތަކުގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ޑިމޮކްރޭޓްސްއިން ބައިވެރިވެ ރޭގެ މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރި ވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މީގެކުރިން ބޮޑުތަކުރުފާނު މަގުގައި، ޕީޕީއެމް އޮފީސް ދޮރުމަތީ މުޒާހަރާ ބާއްވަމުން ދިޔަ ނަމަވެސް ގިނަ ބަޔަކު އެމުޒާހަރާއިން ނުފެއެވެ.

ނަމަވެސް ޑިމޮކްރެޓްސްއަށް ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ރޭ ފާސް ނުވުމުން ޑިމޮކްރޭޓްސްއިން ވަނީ މަގުމައްޗަށް ނުކުމެ ޕީޕީއެމްގެ މުޒާހަރާގައި ބައިވެރިވެފައެވެ. އެ މުޒަހަރާގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަންދުﷲ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެގޮތުން ރޭގެ އެއްވުމުގައި ޑިމޮކްރޭޓްސްގެ ގިނަ ބަޔަކު ބަިއވެރި ވުމުން ރޭގެ މުޒާހަރާ ވެގެން ގޮސްފައިވަނީ މި ފަހުގެ ތާރީހެއްގައި ސަރުކާރާ ދެކޮޅަށް ބޭއްވި އެންމެ ބޮޑު އެއް މުޒާހަރާއަށެވެ. މުޒާހަރާގެ ބައިވެރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށް ގޮވައި، ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައެވެ.

ނަތީޖާއެއްގެ ގޮތުން ރޭގެ މުޒާހަރާ ހުއްޓުވަން ފުލުހުން ބާރުގެ ބޭނުންވެސް ކުރަން ޖެހުނެވެ. ރޭ ފުލުހުން ބާރުގެ ބޭނުންކުރި ގޮތުން އިދިކޮޅު ކޯލިޝަނުން އެކަންވެސް ވަނީ ކުށްވެރިކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް