ads
އާސިފް އަދި ނަޝާތު
ސަރުކާރާ ގުޅިގެން މަސައްކަތެއް ނުކުރަން: އާސިފް އަދި ނަޝާތު
ސަރުކާރާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ދެ މެންބަރުން ކަމަށްވާ މުހައްމަދު އާސިފާއި، ނަޝާތު އަލީ މަސައްކަތް ކުރައްވާ ކަމަށް ކުރާ ތުހުމަތު އެ ދެބޭފުޅުން ދޮގު ކޮށްފިއެވެ.
Advertisement

ސީއެންއެމްއާ މިއަދު ވާހަކަ ދައްކަވަމުން އެ ދެބޭފުޅންވެސް މިއަދު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއްކަމަށާއި، އެކަމުގައި އެކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު އަމަލު ކުރައްވާފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. 

އަޅުގަނޑުމެން ސަރުކާރާ ގުޅިގެން އެއްވެސް ކަމެއް ނުކުރަން .އެކަމަކު މީގެ ކުރިން ކޮމިޝަނުގެ ސްޓްރަކްޗާއަށް ގެނައި ބަދަލަކާ ގުޅިގެން ފުއާދު ތައުފީގު އެކަމާ ހިތްހަމަ ނުޖެހުނީމަ މިއަހަރު ފެށުނީއްސުރެން ޑިމޮކްރެޓްސް އުފައްދާ މީހުންނަށް ގުޅައިގެން އަޅުގަނޑުމެން އުޅެނީ އެކަން ވިޔަ ނުދޭންށޭ. އެކަމު އަޅުގަނޑުމެން އެކަން ވިޔަ ނުދޭން އެއްވެސް ކަމެއް ކޮށްފަ ނޯންނާނެ - ނަޝާތު

ނަޝާތު ވިދާޅުވީ އެދެއްކި ވާހަކައިގެ ސަބަބުން ޑިމޮކްރެޓްސް އަޑީގައި ތިބެގެން އެބޭފުޅުން ފަލީހަތް ކުރަމުން ގެންދާ ކަމަށެވެ. އެހެންވުމުގެ ސަބަބުން އެ ކޮމިޝަނުގެ ރައީސަށް ތިން މެންބަރުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި ކޮމިޝަނުގެ ރައީސް ރިޔާސަތު ބަލަހައްޓަވާ ޖަލްސާ ތަކަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ. 

އަޅުގަނޑުމެން ތިން މެންބަރުންގެ އިތުބާރެއް ރައީސަކަށް ނެތް މިހާރު- ނަޝާތު

ކޮމިޝަނުގެ މެންބަރު މުހައްމަދު އާސިފްވެސް ވިދާޅުވީ އޭނާ މަސައްކަތް ކުރައްވަނީ މިނިވަންކަމާއެކު ކަމަށާއި އެކުރާ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއްކަމަށާއި ، އެއްވެސް މީހެއްގެ ނުފޫޒެއް ނެތަކަމަށެވެ.

އެއްވެސް ބޭފުޅެއްގެ ނުފޫޒެއް އަޅުގަނޑުމެންގެ މައްޗައް ނޯންނާނެ. އެހެންނަމަވެސް ކުރީ ރޭ (އެންމެފަހުން އެކޮމިޝަނުން ބޭއްވި ޖަލްސާ ބޭއްވިރޭ) ކޮމިޝަނުގެ ރައީސް ހަމަ ޖަޒްބާތެއްގަ ޖެހިގެން ހުންނަވައިގެން ޑިމޮކްެޓްސްގެ ބޭފުޅުން ކައިރީ ހުންނަވައިގެން ހެއްދެވީ ހުސް ދޮގު. އެއީ ކަންވެފަ އޮތްގޮތެއް ނޫން.- އާސިފް

އާސިފް ވިދާޅުވީ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރެވެން ފެށުނު ހިސާބުން ފެށިގެން ކޮމިޝަނުގެ ރައީސް، ޒާތީ ކަމެއް ނަންގަވައިގެން މަސައްކަތް ކުރައްވަން ފައްޓަވާފައިވާ ކަމަށެވެ. އަދި ޑިމޮކްރެޓްސްގެ ބޭފުޅުންނަށް ގުޅުއްވައި އާސިފާއި ނަޝާތާ ދެބޭފުޅުން އެޕާޓީ އުފެއްދުމަށް ހުރަސް އަޅުއްވާ ކަމަށް ވާހަކަ ދައްކަވާފައިވާ ކަމަށާއި އަދި އެކަންކަމަކީ ރަނގަޅު ކަންކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ ކޮމިޝަނުގެ ރައީސްގެ އަމަލުތައް ހުންނަގޮތުން ދެން އެކޮމިޝަނުގައި ރައީސް ފުއާދު ރިޔާސަތު ބަލަހައްޓަވާ ޖަލްސާއެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ.

55%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
36%
ވަރަށް ސަލާމް
ކޮމެންޓްސް