ads
ދަ ޑިމޮކްރޭޓްސް އުފެއްދުމުގެ ހުއްދައަށް އެދި މިއަދު އީސީއަށް ހުށަހެޅުމުގެ ތެރެއިން
އިންސާފުން މަހުރޫމްވާ މައްސަލައިގައި ޑިމޮކްރޭޓްސްގެ ކަންބޮޑުވުން
އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާތައް އިތުރުވެފައިވާއިރު، އެ މައްސަލަތަކުގައި އެ ފަރާތްތައް އިންސާފުން މަހުރޫމްވާ މައްސަލައިގައި ރައީސް ނަޝީދުގެ ސަޕޯޓަރުން އުފެއްދުމަށް މަސައްކަތްކުރާ 'ދަ ޑިމޮކްރޭޓް' އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޑިމޮކްރޭޓްސްގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންނާ އަންހެނުންނާއި އެހެނިހެން ފަރާތްތަކަށް ކުރާ ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔަތައް އިތުރުވެފައިވާކަމަށެވެ. 

"އެ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކުގެ މައްސަލަ ނުބެލި. ދައުވާ ނުއުފުލި އަނިޔާލިބުނު ފަރާތްތަކުގެ ހައްގައް އުނިކަން ލިބި އިންސާފުން މަހުރޫމްވި މައްސަލައިގައި ދަ ޑިމޮކްރޭޓްސް އިން ނުހަނަނު ކަންބޮޑުވުން ފާޅުކުރަން،" އެ ބަޔާނުގައި ބުނެފައިވެއެވެ.

ކުޑަކުދިންގެ ހައްގުތަޖަށް ރައްކާތެރިކުރުމާ، އަންހެނުންނަށް ކުރާ އަނިޔާ އާއި، އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަގުވާމީ މުއާހަދަކާއި، އިންސާނީ ހައްގުތަކުގެ އާލަމީ އުސޫލުތައް ދިވެހިރާއްޖެއިން ވެސް ބަލައިގެންފައިވާއިރު، ދިވެހިރާއްޖޭގެ ގާނޫނު ތަކާއި ގާނޫނު އަސާސީން ވެސް އަނިޔާލިބޭ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. 

އެ ޕާޓީން ވަނީ ބައިނަލްއަގުވާ މުއާހަދާތަކުން ލިބެ ހައްގުތަކާއި، ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކުން ލިބޭ ހައްގުތައް ރާއްޖޭގައި ކަށަވަރުކުރުމަށް ވެސް އެ ޕާޓީގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ. 

ދަ ޑިމޮކްރޭޓްސް އިން މިހެން ބުނެފައިވާއިރު، އެ ޕާޓީ ރެޖިސްޓްރީ ނުވެ އިލެކްޝަންސް ކޮމިޝަން ވަނީ މަރުތަޅެއް އެޅިފައެވެ. އެ ކޮމިޝަން މަރުތަޅު އެޅިފައިވަނީ ކޮމިޝަނުގެ ޖަލްސާތަކަށް ވަޑައިގަންނަވަން ދެ މެންބަރަކު އިދިކޮޅު ހަދާތީއާއި، އެ ކޮމިޝަނުގެ އެއް މެންބަރަކު ހައްޖަށް ވަޑައިގެން އުޅުއްވާތީއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް