އޭނާ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްގެން ކޯޓަށް ގެންދިއުމުން އޭނާ ބަންދުގެ މުއްދަތަށް ވަނީ ހަތް ދުވަސް ދީފައެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން އެނާ މިނިވަން ކުރީ މިމަހުގެ 20 ވަަނ ދުވަހުއެވެ.
ފުލުހުން ބުނީ އޭނާ ބަނދުގައި ނެތް ނަމަވެސް، އޭނާގެ މައްސަލަ ތަހުގީގުކޮށް ނިމުމުން ޕްރޮސެކިއުޓާ ނެޖެރަލްގެ އޮފީހަށް ދައުވާކުރަން ފޮނުވަނެކަމަށެވެ.
އޭނާ މަސައްކަތްކުރާ އޮފީހުގެ ބައެއް މުވައްޒަފުންނަށް ގޯނާ ކުރާކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާތީ އެ މައްސަލަވެސް ބެލުމަށް ރަސްމީކޮށް އެނާ މަސައްކަތްކުރަ އޮފީހަށް ފުލުހުން ވަނީ އެދިފައެވެ.
މުހައްމަދު އިބްރާހިމް ހައްޔަރުކޮށްފައިވަނީ އިޖުރާއަތާއި އެއްގޮތަށް ކަމަށް ކޯޓުން އޭނާ އެންމެ ފުރަތަމަ ބަންދުކުރިއިރު ކަނޑައަޅާފައިވާއިރު އެ ކޯޓުގެ އަމުރުގައި ބުނެފައިވަނީ އޭނާއަކީ ކުށުގެ ރިކޯޑް އޮންނަ ފަރާތެއް ކަމަށެވެ. އަދި ހައްޔަރުކުރިއިރު މަސްތުގެ ހާލަތުގައި ހުރި މުހައްމަދު އިބްރާހިމްގެ ކުޑަކަމުދާ ތަކެތި އޯޕީއައި އަދި ބެންޒޯއަށް ފޮޒިޓިވެފައިވާ ކަމަށް ވެސް އެ އަމުރުގައި ވަނީ ބަޔާން ކޮށްފައެވެ.