ads
އަގުހުރި އިނާމުތަކަކާ އެކު ދިރާގުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ ބޮޑު ޗުއްޓީ ލަކީ ޑްރޯއެއް ވަނީ ހުޅުވާލާފައި - ފޮޓޯ:ދިރާގު
އަގުހުރި އިނާމުތަކަކާއި އެކު ދިރާގުން ހާއްސަ ބޮޑު ޗުއްޓީ ލަކީޑްރޯއެއް
ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ ބޮޑު ޗުއްޓީ ލަކީ ޑްރޯއެއް ހުޅުވާލައިފިއެވެ.
Advertisement

މި ލިމިޓެޑް ޓައިމް ޕްރޮމޯޝަން ދިރާގުން އިއުލާނުކޮށްފައިވަނީ މިއަދު އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގައެވެ.  

ދިރާގުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން މިއަދުން ފެށިގެން އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް 100ޖީބީ ޕްރީޕެއިޑް ޑޭޓާ ޕެކެއް، ޕޯސްޓްޕެއިޑް ބޫސްޓާއެއް ނުވަތަ ފައިބަ ބްރޯޑްބޭންޑް ބޫސްޓާއެއް ނަގާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ފަސް ކަސްޓަމަރުންނަށް އަގުހުރި ތަފާތު ފަސް އިނާމު ލިބިގެންދާނެ ކަމަށެވެ.

މި ލަކީ ޑްރޯގައި ހިމެނޭ އިނާމުތަކަކީ:

  • ގޯ ޕްރޯ ހީރޯ 11 އެއް
  • ޕީއެސް 5 ޑިސްކް އެޑިޝަނެއް
  • އެއަޕޮޑްސް ޕްރޯއެއް
  • 5ޖީ ވަޔަލެސް ރައުޓައެއް
  • ސަފޭސް ޕްރޯ 9 އެއް
"އަޅުގަނޑުމެންގެ އަމާޒަކީ މި އަގުހުރި އިނާމުތަކާ އެކު ކަސްޓަމަރުން އަޅުގަނޑުމެންނަށް ކެނޑިނޭޅި ދެއްވަމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރުން،" - ދިރާގުގެ އެސިސްޓަންޓް މެނޭޖަ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު

ޖައިޝާން ވިދާޅުވެފައިވަނީ ދިރާގުން ދާދި ފަހުން ތައާރަފުކުރި ތަފާތު ރޭންޖްތަކުގެ 100ޖީބީ ޑޭޓާ ޕެކްތަކާއި ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ބޫސްޓާތަކުން މި ޗުއްޓީ ދުވަސްވަރުގައި ކަސްޓަމަރުންގެ ހުރިހާ ޑޭޓާ ބޭނުންތަކެއް ފުއްދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އުންމީދު ކުރާ ކަމަށެވެ.

ދިރާގު ބޮޑު ޗުއްޓީ ލަކީ ޑްރޯ އާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް:https://bit.ly/43TaohU

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް