ads
އަލީ ޝާމިން ފޯމް ހަވާލުކޮށްދެއްވަނީ : ފޮޓޯ އަލީ ޝާމިން
ސްޓޭޓް މިނިސްޓަރު އަލީ ޝާމިންވެސް އެމްޑީޕީއަށް
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝާމިން ވެރިކަން ކުރާ އެމްޑީޕީއަށް ސޮއި ކޮށްފިއެވެ.

އަލީ ޝާމިން އެމްޑީޕީއަށް ސޮއި ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައިއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި އެޕާޓީގެ ލީޑަރު ވާދަކުރަން ނިންމުމާއި އެކު ޖޭޕީގެ ކައުންސިލުން އިސްތިއުފާ ދެއްވި މެމްބަރުން އެމްޑީޕީއަށް ސޮއި ކުރި ރަސްމިއްޔާތުގައި ސޮއި ކުރެއްވުމަށްފަހު އަލީ ޝާމިން ވިދާޅުވީ ރައީސް ސޯލިހް އަށް ދެވަނަ ދައުރެއް ހޯދައި ދެއްވުމަށް ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ސޮއިކުރައްވައިފިކަމަށެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް އަށް އިތުރު ދައުރެއް ހޯދައިދިނުމަށް ދިވެހި ރާއްޖޭގެ އެންމެބޮޑު ސިޔާސީ ޕާޓީ އެމްޑީޕީ އާއި އަޅުގަނޑުވެސް ގުޅިފީން: އަލީ ޝާމިން

ޖޭޕީން ވަކިވި ބައެއް ބޭފުޅުން އިއްޔެ އެމްޑީޕީއަށް ސޮއިކުރިއިރު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ނިންމެވި ހިސާބުން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވިޖޭޕީގެ ގިނަ އަދަދެއްގެ މެމްބަރުން އެޕާޓީން ވަކިވި އެވެ.

އަދި ބައެއް ބޭފުޅުން ވަނީ ޖޭޕީގައި ދެމި ތިއްބެވި ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ތާއީދު ކުރުމަށް ނިންމަވާފައެވެ. އޭގެތެރޭގައި ޓްއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ފާހަގަ ކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް