ads
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު: ފޮޓޯ މަޖިލިސް
ވޯޓު އޮޅުވާލަން ނަޝީދު އުޅުއްވާކަމުގެ ތުހުމަތު
ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެެއްޖެއެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލުމަށް މަސައްކަތް ކުރައްވަމުންދަނީ ރައީސް މުޙައްމަދު ނަޝީދުކަމަށެވެ. 

އެމަނިކުފާނުގެ މަގުސަދު ހާސިލުކުރެއްވުމަށް އިލެކްޝަންސްގެ ރައީސް މެދުވެރިކޮށް ކުރައްވަމުންދާ މަސައްކަތްތައް ހުއްޓުވަން ޖެހޭކަމަށްވެސް ޝިފާއުގެ ޓްވީޓުގައި ވެއެވެ.

ޝިފާއުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ، ފުއާދު ތައުފީގަކީ ރާއްޖޭގެ ރައްޔިތުން ބަލައިގަނެފައިވާ ބޭފުޅެއްކަމަށެވެ. 

އަދި ފުއާދަކީ ސިފާއު ފަދައިން އަމަލުކުރައްވާ ބޭފުޅެއް ނޫންކަމަށް ވިދާޅުވެ އޭނާ ވަނީ ޝިފާއު ވައްކަމުގެ އަމަލެއް ހިންގެވިކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަ ދައްކަވާފައެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް