އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ ޒަބީޙްއަކީ ތަޢުލީމީ އަދި ގާބިލު ބޭފުޅެއް ކަމަށާއި ކުއްލިއަކަށް މަގާމުން ވަކިކޮށްފައިވާ ގޮތާއިމެދު އެޕާޓީން ނުހަނު ކަންބޮޑުވާ ކަމަށެވެ.
އަދި ޒަބީޙް މަގާމުން ވަކިކުރަންޖެހޭ ވަރުގެ ޢަމަލެއް ކުރައްވާފައި ނުވާނެކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.
ޕާޓީއާއި މަޝްވަރާނުކުރައްވާ އަދި ވަކި ސަބަބެއް ބަޔާން ކުރެއްވުމެއްނެތި ކޯލިޝަން އެގްރީމެންޓާއި ހިލާފަށް ސަރުކާރުން މި ނިންމުން ނިންމާފައިވާތީ ކަންބޮޑުވާ ކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.
ސިޔާސީ މަޤްސަދު ހާސިލް ކުރެވޭނެކަމަށް، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަން ބޭނުން ޝަރުތު ހަމަނުވާ ގިނަ އަދަދެއްގެ ބަޔަކަށް ހަދިޔާ ބަހާ އުސޫލުން ސިޔާސީ މަގާމު ދިނުމަކީ ގައުމަށް ނުހަނު ގެއްލުން ބޮޑު ކަމެއް ކަމުގައި ވެސް ޕާޓީން ވަނީ ބުނެފައެވެ.