ސޯޝަލް މީޑިއާގައި ވެސް އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން އަންނަ، ރުސްތަމް ފުލުހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ ރުސްތަމުގެ މައްސަލައިގައި ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދައުވާ ކޮށްދިނުމަށް އެދި ފުލުހުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ދިހަ ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ކޯޓުގައި އޮއްވާ، އޭނާ ދޫކޮށްލީ މިމަހުގެ ނުވަ ވަނަ ދުވަހު، ކޯޓުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އޭގެ އިތުރުން ފުލުހުން ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 14 ވަނަ ދުވަހު އޭނާ ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލުމަށްފަހު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަންދަށް ހަމަ އެދުވަހު ބަދަލު ކޮށްފައި ކަމަށެވެ. އެކަމާ ގުޅޭގޮތުން ޕޮލިސް ސާވިސްގެ ސްޕޯކްސްޕާސަން އިޒްމިހާ ޒާހިރު ވިދާޅުވީ އިސްލާމް ދީނަށް ތައުހީނުކޮށް ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނާ ހިލާފުވާފަދަ ކޮންޓެންޓު ޓުވީޓު ކުރާ ކަމަށް ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
އެގޮތުން ފުލުހުން ބަލަން ޖެހޭ ކަންކަންބެލުމަށްފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އިޒްމިއާ ވަނީ ވިދާޅުވެފަ އެވެ. ރުސްތަމް ކުރިން ކޮށްފައި ހުރި ބައެއް ޓުވީޓުގައި އޭނާ ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް، މާތް ﷲ އާއި ރަސޫލާ صلى الله عليه وسلم އަށް ބަދު ބަސްތައް ބުނެފަ އެވެ. އަދި އޭނާ ފާޅުގައި އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އޭގެ އިތުރުން ކިތަންމެ ފަހަރަކުވެސް ބަންދު ކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް އޭނާގެ މިނިވަން ސިކުނޑި ބަޔަކަށް ދެން ދުވަހަކު ވެސް ބަންދެއް ނުކުރެވޭނެ ވެސް އޭނާ ވަނީ ބުނެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;