ބުޅަލަކަށް ވުރެ ބޮޑު، ގޮތް ނޭގޭ ޖަނަވާރެއް މާފަރުން ފެނިއްޖެ
ގުފްތަގް އަޖީރު
26 ޖޫން 2023 - 18:58:29
ގޮތް ނޭގޭ ޖަނަވާރެއް ނ. މާފަރުން ފެނިގެން އެރަށުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ވަނީ އެރަށު އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފަކު ނެގި ވީޑިއޯއެއް ވައިރަލްވެފައެވެ.
އެ ވީޑިއޯއިން ފެންނަނީ ބޮޑު 'މިނިކާވަގެއް' ފަދަ ކަޅު ކުލައިގެ އެއްޗެއް ހިނގާފައިދާތަނެވެ.
"އެއީ ކޯއްޗެއް ކަމެއް ނޭގޭ އެއީ ބުޅަލަކަށްވުރެ ބޮޑު އެއްޗެއް،" ނ. މާފަރު ކައުންސިލްގެ ރައީސް މިއަދު ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި އެމްއެންޑީއެފްގެ ނޮދަން އޭރިއާއިން ހަރަކާތްތެރިވަމުން އަންނަކަމަށް ސިފައިން ވަނީ ބުނެފައެވެ.
24%
ކަމުގޮސްފި
71%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް