ads
މާފަރުން ފެނުނު ޖަނަވާރާއި ގުޅޭ ވީޑިއޯގެ ސްކްރީން ޝޮޓެއް
މާފަރުން ފެނުނީ ބުޅަލެއް ކަމަށް ބެލެވޭ: އެމްއެންޑީއެފް
ނ. މާފަރު އެެއާޕޯޓު ސަރަހައްދުން ފެނުނީ ބުޅަލެއްކަމަށް ބެލެވޭކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ނ.މާފަރު އެއަރޕޯރޓުގެ ފެންސުގެ އެތެރެއިން ހޭޅިފަށުން ގޮތްނޭގޭ ޖަނަވާރެއް ފެނުނުކަމުގެ ރިޕޯޓެއް އިއްޔެ ހަވީރު ފަހެއް ޖަހާކަންހާއިރު މާފަރު އެއާ ޕޯޓުގައި ތިބޭ ސިފައިންނަށްވަނީ ލިބިފައެވެ. 

ދައުރުވަމުން ދިޔަ ވީޑިއޯ ކްލިޕުން އެއީ ކޮން އެއްޗެއްކަން ޔަގީންކުރެވިފައިނުވާތީ، މާފަރުގައި ތިބޭ ސިފައިންދިޔައީ މާފަރު އެއާ ޕޯޓާއި ގުޅިގެން އެހޯދުމުގެ މަސައްކަތް ހޯމަ ދުވަހުގެ ރޭ ކުރެވުނު މަސައްކަތުން އެއްވެސް އެއްޗެއް ފެނިފައިނުވާކަމަށް ސިފައިން މިއަދު ބުންޏެވެ. 

ވީޑިއޯ ކްލިޕުން ފެނުނީ ކޮންއެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި މިއަދު އިތުރު ސިފައިން މާފަރަށް ގޮސް މާފަރު އެެއާޕޯރޓްގެ ސަރަހަައްދު ވަނީ އެއްކޮށް ބަލާފައި ކަމަށް ސިފައިން މިއަދު ބުންޏެވެ. 

"ނަމަވެސް ބުޅަލެއް ފިޔަވައި އިތުރު ޖަނަވާރެއް ފެނިފައިނުވާ" ކަމަށް ސިފައިން މިއަދު ބުންޏެވެ. 

"ބޮޑަށް ލަފާކުރެވެނީ ބުޅަލެއް ހިނގާފައި ދަނިކޮށް ވީޑިއޯ ކުރެވިފައިއިން ދުރުމިނާއި އެންގަލްގެ ގޮތުން އަސްލު ސައިޒަށްވުރެ ބޮޑުކޮށް ފެންނާތީ ހީވާ ހީވުމެއްކަމަށް،" ކަމަށް ސިފައިން މިއަދު ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން މާފަރުގައި ރޭ ބިރުވެރިކަން ފެތުރި ރަށު ރައްޔިތުން ތިބީ ބިރުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް