މި އަހަރުގެ ފުރަތަމަ ކުއާޓާއާއި އަޅާ ބަލާއިރު، މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓުކުރީ 30،906 މެޓްރިކް ޓަނުގެ މަަހެވެ. ނަމަވެސް މިއަހަރުގެ ފުރަަތަމަ ކުއާޓާގައި 35081 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކޮށްފިވާކަމަށް އެމްއެމްއޭގެ ތެރާސް ހިސާބުތަކުން ދައްކައެވެ.
ކަޅުބިލަ މަހުގެ 25،661 މެޓްރިކްޓަނުގެ ކަޅުބިލަމަސް އެކްސްޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން 3،496 މެޓްރިކްޓަނުގެ ރީނދޫ އުރަހަ ކަންނެއްޔާއި 5108 މެޓްރިކްޓަނުގެ މަސްދަޅު ވަނީ އެކްސްޕޯޓުކޮށްފައެވެ.
ބައިނަލްއަގްވާމީ ބާޒާރުގައި ކަޅުބިލަ މަސް ކިލޯއެއްގެ އަގު އެޕްރީލް މަސް ނިމުނުއިރު ހުރީ 30.8 ރުފިޔާގަ އެވެ.