ads
ސޯލާ ޕެނަލް ހަރުކުރުން
ހައިވޭއާއި ހުޅުމާލޭގެ ސޯލާ ޕެނަލްތަކުން އޮގަސްޓު މަހު ކަރަންޓު އުފައްދަން ފަށާނެ
ހައިވޭއާއި ހުޅުމާލޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުން އަންނަ އޮގަސްޓްމަހު ކަރަންޓް އުފެއްދުމަށް މަސައްކަތް ފަށާނެކަމަށް ސަރުކާރުން ބުނެފިއެވެ.

ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް މި ފެށޭ ޖުލައިމަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ސަރުކާރުން ބުނެއެވެ. 

ސަރުކާރުން މިއަދު ބުނެފައިވަނީ،  ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނުވަތަ ޖީޑީޕީ 10 އިންސައްތަ ނުވަތަ 8 ބިލިއަން ރުފިޔާ ހަކަތަ ނުވަތަ ތެލުގެ އެކި ބާވަތްތައް އިމްޕޯޓްކުރުމަށް ހޭދަކުރާކަމަށެވެ. 

ސަރުކާރުގެ އަަމާޒަކީ 2030 ވަނަ އަހަރާއި ހަމައަށް ދިވެހިރާއްޖެއިން އެއްކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމެވެ.

ވޯލްޑް ބެންކުގެ އެހީގައި ކުރިއަށްގެންދާ "އެސްޕަޔަ" މަޝްރޫއަކީ ރާއްޖޭގައި ބޭނުންކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް އިތުރުކޮށް، ރަށްރަށުގެ ކަރަންޓް ވިއުގަތަކަށް ޒަމާނީ ފެންވަރަށް ތަރައްްގީކުރުމަށް ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 17.5 މެގަ ވޮޓްގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރާނެއެވެ.

ވޯލްޑް ބެންކުން ލަފާކުރާ ގޮތުގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ނިމުމުން ކުރިއަށް އޮތް 25 އަހަރު ތެރޭގައި ރާއްޖެއިން ތެލަށް ކުރާ ހޭދަ 750 މިލިއަން ޑޮލަރުން، 30 މިލިއަން ޑޮލަރަށް ކުޑަވެގެންދާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް