އިމިގްރޭޝަނުން ބުނީ މޯބައިލް ފޯނު މެދުވެރިކޮށް އެ ޚިދުމަތަށް 'އިމުގަ' ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެކަމަށެވެ.
މިއީ ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމުގެ ގޮތުން ގެނައި ބަދަލެއްކަމަށް އެ އިދާރާއިން ބުންޏެވެ.
މީގެ ކުރިން ޕާސްޕޯޓަށް އެދި ހުށަހަޅަން ޖެހެނީ، ފޯމު ފުރައި، އެ ސްކޭންކޮށް ޑައުންލޯޑްކޮށްގެންނެވެ. ހިދުމަތް ހޯދުމަށް ދާން ޖެހެނީ އިމިގްރޭޝަންގެ އޮފީހަށެވެ.
އަލަށް ގެނެވުނު ބަދަލާއެކު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އިތުރަށް ފަސޭހަވާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި އަހަރުގެ ބޮޑު ބަންދާ ދިމާކޮށް 6000 އަށް ވުރެ ގިނަ މީހުން ޕާސްޕޯޓު ހައްދައި ދީފައިވާ ކަމަށް އިމިގްރޭޝަނުން މިފަހުން ވަނީ ބުނެފި އެވެ.