ads
"ގުޑް ނިއުސް" ވެސް ލީކު ވެއްޖެ
ކަރަން ޖޯހަރުގެ ޕްރޮޑަކްޝަން ހައުސް އިން ނެރުނު ފިލްމު "ގުޑް ނިއުސް" ލީކު ވެއްޖެއެވެ.
ކަރަން ޖޯހަރުގެ ޕްރޮޑަކްޝަން ހައުސް އިން ނެރުނު ފިލްމު "ގުޑް ނިއުސް" ލީކު ވެއްޖެއެވެ.

ބޮލީވުޑުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރު ލީޑުން ފެނިގެންދާ އެފިލްމު ނެރެފައިވަނީ މިމަހު 27 ވަނަ ދުވަހުއެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ އެ ފިލްމު ނެރެނުތާ މާ ގިނައިރުތަކެއް ނުވަނީސް ވަނީ ލީކުވެފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ފިލްމު ލީކުކޮށްލާފައިވަނީ ތަމިލްރޮކާސް އިންނެވެ. ތަމިލް ރޮކާސް އިން ވަނީ މިއަހަރު ނެރުނު ހުރިހާ ފިލްމެއް ކަހަލަ ގޮތަކަށް ލީކުކޮށްލާފައެވެ.

ކަރީނާ އާއި އަކްޝޭގެ އިތުރުން މި ފިލްމުން ދިލްޖިތް ދޮސަންޖް އާއި ކިއާރާ އަދްވާނީ ވެސް ފެނިގެންދެ އެވެ. އެފިލްމަކީ ކައިވެނި ކޮށްގެން އުޅޭ ދެ ޖޯޑެއްގެ ލޯބީގެ ހަޔާތް ދައްކުވައިދޭ މަޖާ ފިލްމެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް