ads
ރ. މާކުރަތު މުހައްމަދު ނަސީމް އަލީ/ ހައްޖުގެ އަޅުކަމުގައި މަރުވުމުގެ ކުރިން: ފޮޓޯ އާއިލާ
ދެ ދުވަސް ކުރިން މަރުވި ދިވެހި ހައްޖާޖީގެ ހަށިގަނޑު ސައުދީން ހިފަހައްޓައިފި
ގެއްލިގެން ހޯދަމުން ދަނިކޮށް، ނޫރު ފަރުބަދަ ކައިރީގައި މަރުވެފައި އޮއްވާ ފެނު އުމުރުން 72 އަހަރުގެ ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމް އަލީގެ ހަށިގަނޑު ސައުދީން ހިފަހައްޓައި އޭނާ ވަޅުނުލެވޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ނަސީމް ގެއްލިފައިވަނީ އަރަފާތައް ދިއުމުގެ ކުރިންނެވެ. އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ޖޫންމަހުގެ 30 ވަނަ ދުވަހުއެވެ. އޭރު އޭނާ ގެއްލިގެން ހޯދާތާ ހަތަރު ދުވަސް ވެއްޖެއެވެ. 

މިއަދަށް ދެ ދުވަސްވެފައިވާއިރުވެސް، އޭނާ ވަޅުލަން ހަށިގަނޑު ސައުދީން ދޫނުކުރަނީ ކީއްވެކަމެއް އަދި ސާފެއްނުވެއެވެ. އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތުގައި ސައުދީ ފުލުހުންވެސް ބައިވެރިވިއެވެ. 

ނަސީމް އަކީ ވިޔަފާރިވެރިއެވެ. އޭނާގެ ދެ ފިހާރަ ހުންނައިރު، މިއީ އޭނާ ހައްޖަށް ދިޔަ ތިން ވަނަ ފަހަރެވެ.

ރިޕޯޓުތައް ބުނާގޮތުން ހުކުރު ދުވަހުގެ ވަޅުލާނެ ސައުދީން ބުނިނަމަ ވެސް މިއަދު ހަވީރާ ހަމައަށްވެސް އޭނާގެ ހަށިގަނޑު އާއިލާއަށް ލިބިފައެއް ނުވެއެވެ. 

27%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
41%
ވަރަށް ސަލާމް
ކޮމެންޓްސް