ads
ރާއްޖޭގެ އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރު، ފޮޓޯ އެމްއޭސީއެލް
ގަވާއިދާ ހިލާފަށްއުޅޭ ބިދޭސީން ހޯދުމަށް 14 ތަނެއް ފާސްކޮށްފި
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް 14 ތަނެއްގައި ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންގޮސްފިއެވެ.
Advertisement

މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތުދެމުން ބުނީ މިރެއިޑުތަކުގައި މިހާތަނަށް 66 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އެ މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝަށް ނިސްބަތްވާ 65 މީހަކާއި އިންޑިއާއަށް ނިސްބަތްވާ މީހެއް ކަމަށެވެ.

އޮޕަރޭޝަންތަކުގައި އިމިގްރޭޝަނުން ރެއިޑު ކުރަމުންދަނީ ބިދޭސީން މަސައްކަތްކުރާ އެކި ސައިޓުތައް ކަމަށާއި އެގޮތުން ބިދޭސީންނަށް ކައްކާ، ކޭޓަރިންގެ ހިދުމަތްދެމުންދާ ބައެއް ބޮޑެތި ތަންތަން ބެލުމަށް އިމިގްރޭޝަނުން މާލެއާއި ހުޅުމާލޭގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހެދި ޑިޓެންޝަން ސެންޓަރު އޮޕަރޭޝަނަށް ގެންގޮސް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް އަލުން ފެށީ ޖޫންމަހުގެ ތެރޭގައެވެ.

އިމިގްރޭޝަނުން ބުނީ ޑިޓެންޝަން ސެންޓަރާއެކު ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ އެ ފަރާތްތަކުގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްވަނީ ފަށައިފައެވެ. މި މަސައްކަތް ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

މި މަސައްކަތް 2019 ވަނަ އަހަރު ފެށީ އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެންނެވެ. މި މަސައްކަތުގެ ދަށުން ކޮވިޑުގެ ތެރޭގައި 18،000 އަށްވުރެ ގިނަ ބިދޭސީން ރާއްޖޭން ވަނީ ފޮނުވާލާފައެވެ. ނަމަވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އަދިވެސް ރާއްޖޭގައި ހައްލުނުވެ އޮތް މައްސަލައެއް ކަމުން އަލުން މި މަސައްކަތް ފުޅާ ދާއިރާއެއްގައި މިހާރު ފަށާފައިވާކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ.

އިމިގްރޭޝަނުންބުނީ ޑިޓެންޝަން ސެންޓަރަކީ 200 މީހުންގެ ޖާގައިގެ ޑިޓެންޝަން ސެންޓަރެކެވެ. މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ފޮނުވާލެވެންދެން އެމީހުން ބައިތިއްބާނެ ވަސީލަތެއް މިހާތަަނަށް ސަރުކާރުގައި ގާއިމް ކުރެވިފައި ނެތުމުގެ ސަބަބުން އެކަމަށް ހައްލެއް ހޯދުމަށް ހުޅުވި ސެންޓަރެކެވެ. އެގޮތުން، ކުރިން ރާއްޖޭގައި ހުރި އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި އެއްފަހަރާ ބެއިތިއްބެނީ 40 ވަރަކަށް މީހުން ކަމަށް މީގެ ކުރިން މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް