ads
މެންބަރުކަމުގެ ހުވާ ކުރެއްވުމަށްފަހު ޝާޒް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ސަލާން ކުރައްވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އިލެކްޝަންސް ކޮމިޝަނުން މަޖިލިސް މެންބަރެއް ޖޫރިމަނާކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝާޒު 6000 ރުފިޔާއިން ޖޫރިމަނާކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މެމްބަރު ޝާޒު ޖޫރިމަނާކުރަން ނިންމީ މިދިޔަ އޭޕްރީލްމަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާއި ގުޅިގެން ހުށަހަޅަންޖެހޭ މާލީ ބަޔާން ގާނޫނުގައި ބަޔާންކުރާ ގޮތަށް ހުށަނޭޅުމުންނެވެ.

ގާނޫނުގައި އޮންނަ ގޮތުން އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން 21 ދުވަހުގެ ތެރޭގައި ދައުލަތުގެ ކަމާ ބެހޭ އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓަރަކު އޮޑިޓްކޮށްފައިވާ މާލީ ބަޔާން ހުށަހަޅަން ޖެހެއެވެ.

މާލީ ބަޔާނުގައި ހުންނަންޖެހޭ މައުލޫމާތުތަކުގެ ތެރޭގައި އިންތިހާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލު، އިންތިހާބަށް ހަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފުސީލު، ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފުސީލު، ބޭންކު އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ ބޭންކު އެކައުންޓް ސްޓޭޓްމަންޓް އަދި ސައްހަ މައުލޫމާތުކަން އަންގައިދޭން ލިޔުންތައްވެސް ހިމެނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް