ads
އަސްލަމް މިއަދުގެ ޕްރެސްގައި
މަޖިލީހުގެ ތެރެއިން ހައްލު ނުލިބިއްޖެނަމަ ކޯޓަށްދާނެ: އަސްލަމް
މަޖިލިސް ކުރިއަށް ނުގެންދެވި އޮތް އޮތުމަށް މަޖިލިސް ތެރެއިން ހައްލު ނުލިބިއްޖެ ނަމަ ކޯޓަށް ދާނީ ފަހު ކަމެއްގެ ގޮތުގައި ކަމަށް، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް ވިދާޅުވީ އެ މައްސަލާގައި ކޯޓަށް ދިއުމާމެދު ކުރިންވެސް ވާހަކަދެކެވިފައި ވާކަަމަށެވެ. އެހެންނަމަވެސް އެ ހިސާބަށް ދާނީ އެންމެ ފަހު ކަމެއްގެ ގޮތުން ކަަމަށާއި، އޭގެ ކުރިން އެ މައްސަލައަށް ހައްލު ހޯދުމަށް އެހެން ހުރިހާ ގޮތަކުން ކުރެވެން ހުރި މަސައްކަތްތައް ބައްލަވާނެ ކަަމަށެވެ. 

އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުތައް ހެދިފައިވަނީ ވަރަށް ފުރިހަމައަށް ކަމަށެވެ. ނަމަވެސް މިހާރު މަޖިލީހުގެ ގަވާއިދުގެ ބޭނުންކުރަމުން ދަނީ ނަހަމަ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އަޅުވައި، ހުއްޓުވާފައި ނުބޭއްވޭނެ ކަމަށާއި، ދާން ޖެހިއްޖެނަމަ ސްޕްރީމް ކޯޓާ ހަމަޔަށްވެސް ދާނެކަމަށް، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ މީގެ ކުރިން ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައިވެސް ވިދާޅުވެފައެވެ.

މަޖިލީސް ކުރިއަށް ގެންދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިއުމާއި މަޖިލީހުގެ ކޮމިޓީތައް ހުއްޓިފައި އޮތުމެވެ. 

މި މައްސަލަތައް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާާއެކު ހުށަހެޅުމުން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ހޯމަ ދުވަހަށް ތާވަލްކުރިއެވެ. އެހެންނަމަވެސް އެ ޖަލްސާ 3 މިނިޓު ނުވަނީސް ވަނީ ނިންމާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް