ads
ނާސާއިން މާސްގައި ދުއްވާ ހެލިކޮޕްޓަރު އިންޖިއުނިޓީ
މާސްގައި އުދުހެމުން ދިޔަ ހެލިކޮޕްޓަރު 63 ދުވަސް ފަހުން ހަބަރެއްވެއްޖެ: ނާސާ
މާސްގައި އުދުހެމުން ދިޔަ ނާސާގެ ރޮބޮޓިކް ހެލިކޮޕްޓަރު 'އިންޖީނިއުޓީ' 63 ދުވަހަށް ގެއްލުމަށްފަހު އެ ހެލިކޮޕްޓަރުގެ ކޯލެއް ދުނިޔެއަށް އަތުވެއްޖެއެވެ.

މި ހެލިކޮޕްޓަރުގެ ގެ ސިގްނަލް ދާދިފަހުން ފޮނުވާފައިވާއިރު، މިއީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެ ހެލިކޮޕްޓަރުން ދުނިޔެއާ މުއާމަލާތްކުރި ފުރަތަމަ ފަހަރެވެ.

ނާސާއިން ބުނާގޮތުން ހެލިކޮޕްޓަރުގެ ދިގު ހިމޭންކަމުގެ ފަހަތުގައި ސަބަބުތަކެއް އެކުލެވިގެންވެއެވެ. ފުރަތަމަ ކަމަކީ ހެލިކޮޕްޓަރު  ރޯވަރާއި މުއާމަލާތް ކުރުމަށް އޭގެ ރޭޑިއޯއަށް މާސްގައި ގޮންޖެހުންތައް ވަނީ ބޮޑުވެފައެވެ. ދެވަނަ ކަމަކީ ރޯވަރު ބޮޑު ހިލަގަނޑެއްގެ ފަހަތުގައި ތާށިވެފައި އޮތުމެވެ. އެ ހިލަގަނޑުގެ ސަބަބުން ހެލިކޮޕްޓަރުގެ ސިގްނަލްލިބުން ހުއްޓުނެވެ. 

ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓްރީ (ޖޭޕީއެލް)ގެ ޓީމަށް އިންޖެނިއުޓީގެ ވާހަކަ އަޑުއިވުމުން ލިބުނު ލުއިކަމެއް ލިބުނެވެ. އެމީހުން ތިބީ ހެލިކޮޕްޓަރުގައި މައްސަލައެއް ދިމާވެދާނެތީ ކަންބޮޑުވެފައެވެ. ނަމަވެސް އިންޖިނިއުޓީން ފޮނުވި ސިގްނަލުން އެނގުނީ އަދިވެސް އެ ހެލިކޮޕްޓަރުގެ ސިއްހަތު ރަނގަޅު ކަމެވެ. 

މި ހެލިކޮޕްޓަރު މިހާރު އަލުން ދުނިޔެއާ ގުޅި، މާސް ގެ ޗާޓުކުރެހުމުގެ މަސައްކަތް ވަނީ އަލުން ފަށާފައެވެ. މި ހެލިކޮޕްޓަރު މާސްގައި ޖުމްލަ 28 ފަހަރު އުދުހިފައިވާއިރު، 4.8 މޭލު (7.7 ކިލޯމީޓަރު) އަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ދިރާސާކޮށްފައެވެ. މިއީ އެހެން ޕްލެނެޓެއްގައި އުދުހޭ ފުރަތަމަ މަތިންދާބޯޓު ނުވަތަ ހެލިކޮޕްޓަރެވެ. 

50%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް