އިނގިރޭސި ވިލާތު މީހަކަށް ބްރޮކޮލީ ކޮތަޅެއްގެ ތެރެއިން ހަރުފައެއް ފެނިއްޖެ
އައިޝަތު ނޫރާ
03 ޖުލައި 2023 - 23:46:27
އިނގިރޭސިވިލާތުގެ އުމުރުން ދުވަސްވީ ފިރިހެނެއް ގަތް ބްރޮކޮލީ ކޮތަޅެއްގެ ތެރެއިން ހަރުފައެއް ފެނިއްޖެއެވެ.
ނެވިލް ލިންޓަން ނަމަކަށް ކިޔާ އެ މީހާ ބުނީ އޭނާ މި ބްރޮކޮލީ ކޮތަޅު ގަތީ ވެސްޓް މިޑްލެންޑްސްގެ ސްޓޯބްރިޖްގައި ހުންނަ ސުޕަމާކެޓުން ކަމަށެވެ. އޭގެ ތިން ދުވަސް ވަންދެން ފްރިޖްގައި ބަހައްޓައިގެން ހުޅުވައި ބަލާލިއިރު އޭގެތެރެއިން ފެނުނީ ދިރިހުރި ހަރުފައެކެވެ.
އެ ހަރުފައަކީ ވިހަ ހަރުފައެއް ނޫން ނަމަވެސް ދަތް އެޅުމުގެ ފުރުސަތު ބޮޑު ހަރުފައެކެވެ.
ނެވިލް އެ ހަރުފަ ނެގީ ކޮއްކޮއެއްގެ އެހީތެރިކަމާއެކުއެވެ.
އެންމެ ފަހުން އެ ހަރުފަ އަނބުރާ ވަލުތެރެއަށް ދޫކޮށްލިއެވެ. ނެވިލް ބުނީ އޭނާގެ "ނަސީބުވެރިއެއް" ކަމަށެވެ. ސަބަބަކީ އެ ހަރުފައިގެ ސަބަބުން އެއްވެސް ގެއްލުމެއް އޭނާއަށް ލިބިފައިނުވާތީއެވެ.
އޭނާއާށް ފެނުނު ހަރުފަގެ ދިގުމިނަކީ ގާތްގަނޑަކަށް 10 އިންޗިއެވެ.
45%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
24%
ސަތޭކައަކުން ސުމެއް
24%
ވަރަށް ސަލާމް
ކޮމެންޓްސް