ads
އަލްވަދާއުގެ ޕޯސްޓަރު
"އަލްވަދާއު" އަށް ބެލުންތެރިންގެ ތައުރީފް އޮއްސާލައިފި
ޑާކް ރެއިންގެ "އަލްވަދާއު" އަށް ބެލުންތެރިން ތައުރީފް އޮއްސާލައިފި އެވެ.
Advertisement

ފިލްމުބަލާފައި ނިކުންނަ ކޮންމެ މީހަކުވެސް ދަނީ މި ފިލްމަށް ސޯޝަލް މީޑިޔާގައި ތައުރީފް އޮއްސާލަމުންނެވެ. 

އެއްބަޔަކު ބުނަމުން ދަނީ އެމީހުން ދިވެހި ފިލްމުތަކާއި ގުޅޭ ގޮތުން ދެކެމުން އަންްނަ ގޮތް މި ފިލްމުން އެއްކޮށް ބަދަލު ކޮށްލާފައިވާ ކަމުގައި އެވެ.

your imageއަލްވަދާއުއަށް މީހަކު ކޮށްފައި އިން ކޮމެންޓެއް

އަދި މި ފިލްމަށް ދެވިފައި މިވާ ހައިޕް އަކީ ހަމައަސްލަށްވެސް މި ފިލްމަށް ހައްގު ހައިޕެއް ކަމަށް ގިނަ ބަޔަކު ދެކޭ އިރު މި ފިލްމުގައި ތަރިން ދައްކާފައިވާ މޮޅު އެކްޓިންނައް ތައުރީފް ނުކުރާ މީހަކުވެސް މަދުވާނެ އެވެ. 

ޑާކްރެއިން އިން އެމީހުގެ ފިލްމުތަކުގެ ސްޓޭންޑަޓް ހިފަހައްޓަމުން އަންނަ ކަމަށް އަދި އެ ޕްރޮޑަކްޝަންގެ ފިލްމުތަކުގެ ޓިކެޓް ލޯމަރާލާފައި ގަތް ނަމަވެސް އެ ފިލްމު ބަލާ ބަޔަކު ޑިސަޕޮއިންޓް ނުވާނެ ކަމަށްވެސް އެ ފިލްމަށް ތައުރީފު ކުރި ބަޔަކު ބުނެ އެވެ. 

your imageއަލްވަދާއުއަށް މީހަކު ކޮށްފައި އިން ކޮމެންޓެއް

ފިލްމު ފެށިގެން ނިިމުން އިރުވެސް ލޮލުން ކަރުނަ ހުސް ނުވޭ ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

މި ފިލްމަކީ ދެވަނަ ފަހަރަށް ބަލާލެވޭނެ ފިލްމެއް ކަމަށާއި މި ފިލްމެ ވާހަކަ ވެސް އެހާ ފުރިހަމަ ކަމަށް ބުނަމުންދާ މީހުން އެހާ ގިނަ އެވެ. 

your imageއަލްވަދާއުއަށް މީހަކު ކޮށްފައި އިން ކޮމެންޓެއް

މި ފިލްމަށް ބެލުންތެރިން ގެ އެހާ ބޮޑަށް ތައުރީފު ކުރަން ޖެހުނީ މި ފިލްމަށް އެ ތައުރީފަށް ހަމަ އަސްލުވެސް ހައްގު ވީމާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް