ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވޭޕް އަދި ވޭޕް ކާޓްރިޖް ވިއްކާ ކަމުގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން ދެ ގެއަކާއި ދެ އުޅަނދެއް ފާސްކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން، ސައިކަލުގެ މަޑިދަށުން 89 ވޭޕް ކާޓްރިޖާއި ބަލާފާސްކުރި އެއް އެޕާޓްމަންޓަކުން 59 ވޭޕް އަދި ވޭޕް ކާޓްރިޖު ފެނިފައިވެ އެވެ. އެއީ ޖުމްލަ 148 އާލާތެވެ.
ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
މި މައްސަލައާ ގުޅިގެން މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ނުވާ ކަމަށް ބުންޏެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.