ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސްގެ ރައީސްކަމުގައި ހުންނެވި އިތުބާރު ގެއްލިފައިވާ މުހައްމަދު ނަޝީދު އާއި އޭނާގެ ބައިވެރިން މަޖިލިސް ހިސޯރުކޮށް އެކި ބަހަނާ ދައްކައިގެން ޖަލްސާތަކަށް ހުރަސްއަޅާ މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންގައިވާ މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ހުށަހަޅަން ޖެހޭ ކަމަށެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެމަނިކުފާނުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އުޒުވެރިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ދެކޮޅު ހަދަމުންނެވެ. އެހެންކަމުން މަޖިލިސްގެ ދައުރު ނިމިގެން ދިޔައިރު އޮތީ ހުއްޓިފަ އެވެ.