ads
އިމިގްރޭޝަން ކޮންޓްރޯލަރު
ޕާސްޕޯޓް ހެދުމުގައި އިތުރު ލުއިތަކެއްދީ، ހިދުމަތް ދިނުމުގެ ވަގުތު އިތުރުކޮށްފި
ޕާސްޕޯޓަށް އެދުމުގައި ލުއިތަކެއް ދީ، އެ ހިދުމަތްދޭ ވަގުތުތައް މާދަމާއިން ފެށިގެން އިތުރުކުރަން އިމިގްރޭޝަންއިން ނިންމައިފިއެވެ.
Advertisement

ޕާސްޕޯޓުގެ ހިދުމަތަށް އެދުމުގައި އެ އިދާރާގެ އަމާޒަކީ އަބަދު ވެސް އާއްމުންނަށް ލުއިފަސޭހަކަމާ އެކު، ހިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށްވުމާއެކު އެކަމަށް ބަލައި، މައިގަނޑު ހަތަރު ބަދަލެއް ގެނެސް، ޕާސްޕޯޓުގެ ހިދުމަތް ދިނުން ރޭގަނޑު 9:00 އާ ހަމައަށް ވަނީ ދަންމާލައިފަ އެވެ.

މިހާތަނަށް ޕާސްޕޯޓު ދޫކުރަމުން ދިޔައީ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އާ ހަމައަށެވެ. ނަމަވެސް، ޕާސްޕޯޓު ސެކްޝަންގެ ޑިއުޓީ ރޭގަނޑު 9:00 އަށް މިހާރު ވަނީ މާދަމާ އިން ފެށިގެން އިތުރުކޮށްފަ އެވެ. އެކަމަކު، ޕާސްޕޯޓާ ހަވާލުވުމަށް ނަމްބަރު ދޫކުރާނީ ހެނދުނު 8:30 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 12:45 އިން ހަވީރު 5:00 އަށެވެ.

އަލަށް ގެނައި ބަދަލުތަކުގައި ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅިއަސް، ފޯމު ފުރައި ސޮއިކޮށް އެ ފޯމު އަނެއްކާ ސްކޭންކޮށް އަޕްލޯޑުކުރަން ޖެހުމުން ބައެއް ފަރާތްތަކުން ޝަކުވާ ކުރާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ ޝަކުވާތަކަށް ބަލައި، ޕާސްޕޯޓަށް އެދި ހުށަހަޅާ ފޯމު އުވާލައި، ފޯމާ ނުލައި އެޕްލިކޭޝަން ހުށަހެޅޭނެ މަގު ވަނީ ފަހިކޮށްފަ އެވެ. 

ޕާސްޕޯޓު އާ ކުރަން ހުށަހަޅާ ނަމަ ކުރީގެ ޕާސްޕޯޓުގެ ބަޔޯޑާޓާ އަދި އޮބްޒަވޭޝަން ޕޭޖްގެ ފޮޓޯ އަޕްލޯޑުކުރަންޖެހެ އެވެ. އަލަށް ގެނައި ބަދަލާ އެކު އައިޑީކާޑު އަދި ކުރީގެ ޕާސްޕޯޓު ކޮޕީއެއް ހުށަހަޅާކަށް ނުޖެހޭނެ އެވެ.

އިިމިގްރޭޝަނުން ބުނީ ޕާސްޕޯޓަށް އެދި ހުށަހެޅުމަށް ޑިޖިޓަލް ސޮއި ނުވަތަ އެ މީހެއްގެ ސޮއި ރަނގަޅަށް ސާފުވާނެ ގޮތަކަށް ހުދު ކުލައިގެ ކަރުދާސް ގަނޑެއް ފަދަ އެއްޗެއްގައި ގަލަމަކުން ސޮއިކޮށްލުމަށް ފަހު އޭގެ ފޮޓޯއެއް ނަގައި އަޕްލޯޑުކުރެވޭނެ ކަމަށެވެ. ނަމަވެސް، ޕާސްޕޯޓާ ހަވާލުވާން އިމިގްރޭޝަނަށް ދާއިރު އެ ސޮއިކުރަންޖެހޭނެ އެވެ.

ޕާސްޕޯޓު ހިދުމަތަށް އެދޭއިރު، އިމުގެ ޕޯޓަލް އަށް ރަޖިސްޓްރީކޮށް ވަކި އެކައުންޓެއް ހުޅުވަންޖެހެ އެވެ. އެ ވަދަލާއެކު، އީފާސް އެކައުންޓް މެދުވެރިކޮށް ވެސް އިމުގަ ޕޯޓަލް އަށް ލޮގިން ވެވޭނެ އެވެ.

85%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް