ads
ގަލޮޅު ދަނޑުގެ ކުރެހުން
ޝައްކު ނުކުރައްވާ، މި ދައުރުގައި މަސައްކަތް ފެށޭނެ: މަހްލޫފް
އިންޑިއާގެ އެލްއޯސީގެ ދަށުން ބަޖެޓުކުރެވިގެން ކުރިއަށްދާ ގަލޮޅު ދަނޑާއި އެހެނިހެން ކުޅިވަރު ވަސީލަތްތައް މިދައުރުގައި ފެށިގެން ކުރިއަށްދާނެ ކަމަށްް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިހެން ވިދާޅުވީ މިމަސައްކަތްތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި އެވެ. 

މަހްލޫފް ވިދާޅުވީ އިންޑިއާގެ އެލްއޯސީގެ ދަށުން ގާއިމްކުރާ ގަލޮޅު ދަނޑު، 4 ސިންތެޓިކް ޓްރެކް ( ތިނަދޫ، ފުވައްމުލައް، ހިތަދޫ އަދި ކުޅުދުއްފުށި) ، 3 ކޯޓުގެ ވޮލީބޯލް އިންޑޯ، 3 ކޯޓުގެ ނޭޝަނަލް ބާސްކެޓްބޯލް އެރީނާ އަދި ނެޝަނަލް ޓީޓީ ސެންޓަރު ގާއިމްކުރަން ޓެންޑަރކޮށް ބިޑު ނެގުން މިމަހު 16 ގައި އެބައޮތް ކަމަށެވެ. 

42 މިލިއަން ޑޮލަރު ވަނީ ހަމަޖެހިފަ. އިރާދަކުރެއްވިއްޔާ މިދައުރުގައި މަސައްކަތްތައްފެށޭނެ. އަދި ނިންމާނީވެސް ރައީސް ‪ ގެ ވެރިކަމުގަ. ގަލޮޅު ދަނޑު ތަޅާލެވޭނީ ހުޅުމާލޭގައި ކުޅެވޭނެ އިންތިޒާމެއް ހަމަޖައްސާފަ: މަހްލޫފް

މަހުލޫފް ވިދާޅުވީ ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގައި މިސަރުކާރު މިއޮތީ މުޅިންއެހެން ލެވަލްއެއްގައި ކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް