ads
މިސްޓަ މޯލްޑިވްސް 2023 ގައި ވާދަކުރި އެމްއެންޑީއެފް ޓީމު
މިސްޓަ މޯލްޑިވްސްގެ ޗެމްޕިއަން ޓީމަކަށް އެމްއެންޑީއެފް
ބޮޑީ ބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި 21 ވަނަ ނޭޝަނަލް ބޮޑީ ބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް "އާބަންކޯ މިސްޓަ މޯލްޑިވްސް 2023" ގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން އެމްއެންޑީއެފުން ހޯދައިފިއެވެ.

މިއީ، އެމްއެންޑީއެފުން މި މުބާރާތުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރެވެ. އެމްއެންޑީއެފުން ވަނީ 2021، 2022 އަދި މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

އިޖުތިމާއީ މަރުކަޒުގައި ރޭ ބޭއްވި މިސްޓަ މޯލްޑިވްސް މުބާރާތުގެ "މެންސް އެތުލެޓިކް ފިޒީކް (އަޕް ޓު 170 ސެންޓިމީޓަ)" ކެޓަގަރީން، ސާޖަންޓް ފަތުހުﷲ މުހައްމަދު ރަން މެޑަލި ހާސިލުކުރިއިރު، "މެންސް އެތުލެޓިކް ފިޒީކް (އަޕް ޓު 175 ސެންޓިމީޓަ)" ކެޓަގަރީގައި ވާދަކުރި ޕްރައިވެޓް ޢަބްދުﷲ އަހްސަން ވެސް ވަނީ އެ ކެޓަގަރީން ރަން މެޑަލި ހާސިލުކޮށްފައެވެ. އޭގެ އިތުރުން، މެންސް ސްޕޯޓްސް ފިޒީކް (އަޕް ޓު 180 ސެންޓިމީޓަ) ކެޓަގަރީން އެއްވަނަ ހޯދައި، ގޯލްޑް މެޑަލި ހާސިލުކޮށްފައި ވަނީ ވެސް ސިފައިންގެ އެތުލީޓެއް ކަމުގައިވާ ސާޖަންޓް އަހްމަދު ނައީމްއެވެ.

މުބާރާތުގައި ސިފައިންގެ އެތުލީޓުން ހޯދި އިތުރު ކާމިޔާބީތަކުގެ ތެރޭގައި، "އެތުލެޓީކް ފިޒީކް" އޯވަރޯލް ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް، ޕްރައިވެޓް އަބްދުﷲ އަހްސަން ވަނީ ހާސިލްކޮށްފައެވެ. 

މި މުބާރާތުގައި ދިވެހި ސިފައިންގެ ކުލަބުގެ 11 އެތުލީޓުން ވާދަކޮށްފައި ވެއެވެ. މި އަހަރުގެ މިސްޓަރ މޯލްޑިވްސް މުބާރާތުގައި ވާދަކުރި ދިވެހި ސިފައިންގެ ކުލަބުގެ ޓީމުގެ ކޯޗަކީ، ސްޓާފް ސާޖަންޓް މުޙައްމަދު އިބްރާހީމެވެ. އަދި އެ ޓީމުގެ މެނޭޖަރަކީ ސްޓާފް ސާޖަންޓް މަޙްމޫދު ޒިޔާދުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް