ads
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި މިލަންދޫ ސްކޫލުގައި އައުޓްޑޯ ރީޑިން ޕާކެއް ގާއިމުކުރުން - ފޮޓޯ:ބީއެމްއެލް
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި މިލަންދޫ ސްކޫލުގައި އައުޓްޑޯ ރީޑިން ޕާކެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. މިލަންދޫ ސްކޫލުގައި ފޮތް ކިއުމަށް ހާއްސަކޮށް އައުޓްޑޯ ރީޑިން ޕާކެއް ގާއިމުކޮށްފިއެވެ.

ބީއެމްއެލުން ބުނީ މި ރީޑިން ޕާކު ތަރައްގީކޮށްފައިވަނީ އެ ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ މިލަންދޫ ސްޕޯޓްސް ކްލަބުން ކަމަށެވެ. 

އައުޓްޑޯ ރީޑިން ޕާކު ތަރައްގީކޮށްފައި ވަނީ މިލަންދޫ ސްކޫލުގެ 75 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކަމަށް ބީއެމްއެލުން ބުނެއެވެ. ބީއެމްއެލުން ބުނެފައިވަނީ މި ޕްރޮޖެކްޓުގެ މަގުސަދަކީ ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގު އުފެއްދުމާއި ފަސޭހަކަމާ އެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމުކުރުމަށް ކަމަށެވެ.

your imageބީއެމްއެލްގެ އެހީގައި މިލަންދޫ ސްކޫލުގައި ރީޑިން ޕާކެއް - ފޮޓޯ:ބީއެމްއެލް

"އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ދަރިވަރުންނަށް ފޮތް ކިއުމަށް އެކަށީގެންވާ ރަނގަޅު މާހައުލެއް ގާއިމްކުރެވި ފޮތް ކިއުމުގެ މުހިންމުކަން ދަސްވުން. މި ޕްރޮޖެކްޓް ނިންމުމަށް ބީއެމްއެލް އަދި މިރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ވެދެއްވި އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަން،"  -މިލަންދޫ ސްޕޯޓްސް ކްލަބުގެ ނައިބް ރައީސް އަހުމަދު ސަމީހު-

ބީއެމްއެލުން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މި އަހަރުގެ ފުރަތަމަ ފޭސްގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ވަނީ ދާދިފަހުން ހޮވާފައި ކަމަށް އެ ބޭންކުން ބުނެއެވެ.

your imageބީއެމްއެލްގެ އެހީގައި މިލަންދޫ ސްކޫލުގައި ރީޑިން ޕާކެއް - ފޮޓޯ:ބީއެމްއެލް

ބީއެމްއެލުން ބުނި ގޮތުގައި ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެއް ކަމުގައެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައި ކަމަށް ބީއެމްއެލުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް