ads
މަފާޒު
މަފާޒު ބަންދުން ދޫކޮށްލައިފި
މާރާމާރީގެ ގިނަ މައްސަލަތަކެއްގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ މުހައްމަދު މަފާޒު ހުސެއިން ސަލީމް ބަންދުން ދޫކޮށްލަން އިއްޔެ ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

ނަދީމްގެ މަރުގެ މައްސަލަ ސާބިތުނުވުމުން މަފާޒް ބަންދުން ދޫކޮށްލީ މިދިޔަ ނޮވެމްބަރ މަހު އެވެ. ނަމަވެސް އޭގެ ފަހުން ދެމައްސަލައެއްގައި އޭނާ ހައްޔަރު ކޮށްފިއެވެ. އެއްފަހަރު ހައްޔަރު ކުރީ ފުލުހެއްގެ ގައިގަ ޖެހި މައްސަލައެއްގައެވެ.

އެންމެ ފަހުން ހައްޔަރުކުރި މައްސަލައިގައި އޭނާގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުކޮށްދީފައި ވާއިރު، އެންމެ ފަހުން ބަންދު މުރާޖާ ކުރަން އޮތީ އިއްޔެ އެވެ. ބަންދުގެ މުއްދަތު އިތުރު ކުރަން އޭނާ ކޯޓަށް ހާޒިރު ކުރުމުން ފަނޑިޔާރު ނިންމީ އޭނާ ބަންދުން ދޫކޮށްލުމަށެވެ.

މަފާޒް ބަންދުން ދޫކޮށްލި ނަމަވެސް ފުލުހުން ބުނި ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މާރާމާރީއާ ގުޅޭ ދެ މައްސަލާގައި ވެސް ދައުވާކުރަން މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ ފޮނުވާފަ އެވެ. އޭނާގެ މައްޗަށް ކުރަނީ މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ތުހުމަތާއި ގާނޫނު ތަންފީޒުކުރާ މީހެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ތުހުމަތާއި ގައިގައި އަތްލުމުގެ ދެމައްސަލައެއްގެ ތުހުމަތާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތެވެ

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް