ads
އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން---ފޮޓޯ: އަވަސް
ތިން ދުވަހުގެ ތެރޭގައި އަމީނީމަގުގައި ނުގަވާއިދުން ހުރި ވެހިކަލްތައް ނަގަން އަންގައިފި
ތިން ދުވަހުގެ ތެރޭގައި އަމީނީ މަގުގައި ނުގަވާއިދުން ޕާކުކޮށްފައި ހުރި ވެހިކަލްތައް ނަގަން އަންގައިފިއެވެ.

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާތަނަށް ބްރިޖް ކައިރިން ފެށިގެން ގޮސް އޮޑެގައްލާ ކެފޭއާ ހަމައަށް ވަނީ ތާރު އަޅައިފައެވެ.

 ތާރު އަޅާފައި ހުރި މަގުތަކުގައި ގަވާއިދާއި ހިލާފަށް ވެހިކަލްތައް ޕާކު ކޮށްފައި ހުންނަ ތަން ފެނިގެން ގޮސްފައި ވެއެވެ. 

މިކަމުގެ ސަބަބުން އުނދަގޫވެގެން ގިނަބަޔަކު ޝަކުވާވެސް ކުރިއެވެ.

އެެކަމާއި ގުޅިގެން ފުލުހުން މިއަދު ވިދާޅުވީ، އަމީނީމަގުގައި ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކުކޮށްފައި ހުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހި ހިނގާބިނގާވާ މީހުުންނަށާއި ދުއްވާ އުޅަނދުފަހަރަށް ދަތިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް