ads
ކާލޯ އަންޗެލޯޓީ
ރެއާލްގެ އަންޗެލޯޓީ ބްރެޒިލް ޓީމާއި ހަވާލުވަނީ
ސްޕެއިންގެ ރެއާލް މެޑްރިޑަށް އިރުޝާދު ދެމުން އަންނަ ކާލޯ އަންޗެލޯޓީ، ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމާއި ހަވާލުވާން ނިންމައިފިއެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އަންޗެލޯޓީއަށް ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަން ހަވާލުކޮށްފައިވާކަން އިއުލާނުކޮށްފައެވެ. ނަމަވެސް އޭނާ ބްރެޒިލް ޓީމަށް އިރުޝާދުދޭން ފަށާނީ ރެއާލް މެޑްރިޑާއެކު މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންނެވެ. ރެއާލްއާއެކު އަންޗެލޯޓީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. 

މިއީ އުމުރުން 64 އަހަރުގެ އަންޗެލޯޓީ، ގައުމީ ފުޓްބޯޅަ ޓީމަކާއި ހަވާލުވާ ފުރަތަމަ ފަހަރެވެ. ރެއާލްގެ އިތުރުން އޭނާ ވަނީ ނަޕޯލީ، އޭސީ މިލާން، ބަޔާން މިއުނިކް އަދި ޗެލްސީގެ އިތުރުން އެވަޓަންގެ ޓީމަށް އިރުޝާދު ދީފައެވެ. 

ބްރެޒިލްގެ ކޯޗުކަމުގެ މަގާމުގައި އެންމެ ފަހުން ހުރީ ޓީޓޭއެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލްގައި ކްރޮއޭޝިޔާ އަތުން ބްރެޒިލް ބަލިވެ، މުބާރާތުން ކެޓުމާއެކު މަގާމުން އިސްތިއުފާ ދީފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް