ads
ފޮޓޯ ވައިސް
ބަލިވެ އިނުމުން ކައިވެނި ކުރަން އެދުމުން އިންޑިއާ އަންހެނެއް ގަލުން ތަޅާ މަރާލައިފި
އުއްތަރު ޕްރަދޭޝްގެ މީރުދުގައި ރަމްބިރީ ނަމަކަށް ކިޔާ މާބަނޑު އަންހެނަކު މަރާލި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

ރަމްބިރީ މަރާލީ އޭނާގެ ލޯބިވެރިޔާ އާދޭޝް އާއި އޭނާގެ ރައްޓެހިން ގުޅިގެންނެވެ. އެއީ އޭނާ ބަނޑުބޮޑުވެ ކައިވެނި ކުރަން ބޭނުންވެގެން އެކަމަށް އެދުމުންކަމަށް ރިޕޯޓުތައް ބުނެއެވެ.

އާދޭޝް ފުލުހުންނަށް ކިޔައިދިން ގޮތުގައި އޭނާ އާއި އޭނާގެ ރައްޓެހިން ރަމްބިރީ މަރާލީ ރަމްބިރީގެ ބޮލުގައި ގަލުންތަޅައިގެންނެވެ. 

" މަރާލުމަށްފަހު ހަށިގަނޑު ދަނޑެއްގައި ބާއްވާފައި އެމީހުން ދުއްވައިގަތް،" -ފުލުހުން-

މަރައިލި ރަމްބިރީ އަކީ ކައިވެނިކޮށްގެން އުޅޭ މީހެކެވެ. ކައިވެނީގެ ބޭރުން އެހެން ފިރިހެނަކާ ކަމަށްވާ ވިނޯދު އާދޭޝް އާއި ގުޅުން ހިންގި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

ރަމްބިރީ ބަލިވެ އިނުމުން އާދޭޝް އޭނާއާ ކައިވެނި ކުރަން ދެކޮޅު ހެދި ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިކަމުގެ ސަބަބުން ރަމްބިރީ އާއި އާދެޝް އާއި ދެމެދު މައްސަލަޖެހި، އެންމެ ފަހުން އޭނާ މަރާލިއެވެ. 

ފުލުހުން އާދޭޝް އާއި އޭނާގެ ރައްޓެހިން ހައްޔަރުކޮށްފައިވާއިރު، މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. ރަމްބިރީ މަރާލި ކަމަށް ބުނެ އާއިލާއިން ވަނީ ފުލުހަށް މައްސަލަ ހުށަހަޅައިފައެވެ.

18%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
45%
ސަތޭކައަކުން ސުމެއް
32%
ވަރަށް ސަލާމް
ކޮމެންޓްސް