އިޒްރޭލުގެ ދިފާއީ ވަޒީރު އިޒްރޭލް ކަޓުޒް ބުނީ ލަރިޖާނީ އަވަހާރަވީ ރޭ ދިން ހަމަލާތަކެއްގައި ކަމަށެވެ. ނަމަވެސް އީރާނުން އެކަމާ ބެހޭ ގޮތުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ލަރިޖާނީ އެންމެ ފަހުން ފެނިވަޑައިގަތީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ އެކު އަލްގުދުސް ޑޭގައި ބޭއްވި އެއްވުމެއްގެ ތެރެއިންނެވެ.
ލަރިޖާނީ އަކީ އީރާނުގެ ސިޔާސީ މައިދާނުގައި އެތައް އަހަރެއް ވަންދެން ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ. ރިވޮލިއުޝަނަރީ ގާޑުގެ އެންމެ އިސް ވެރިޔާގެ މަގާމު ފުރުއްވި ލަރިޖާނީ ވަނީ އީރާނުގެ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން 2008 އިން 2020އަށް އަދާކުރައްވައިފަ އެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރޭލް ކާޒްގެ މި ވާހަކަ އަކީ ތެދެއް ނަމަ ލަރިޖާނީގެ މަރަކީ މިދިޔަ މަހުގެ 28 ގައި އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާދީ އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި ފަހުން އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަކޮށްލި އެންމެ އިސް މީހަކަށް ވާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;