ads
ހަނިމާދޫއިން ހިރިމަރަދޫ ރައްޔިތުންނަށް ދޭން ބިން ކަނޑައަޅަނީ
ހަނިމާދޫ މީހުންނަށް ގޯތި ދޭ މައްސަލަ، ނުބަލަން ފުލުހުން ނިންމައިފި
ހދ. ހަނިމާދޫ އިން އެ އަތޮޅު ހިރިމަރަދޫ މީހުންނަށް ގޯތި ދޭން އުޅޭތީ ހަނިމާދޫ ކައުންސިލުން ހުށަހެޅި މައްސަލައެއް ނުބަލަން ފުލުހުން ނިންމައިފިއެވެ.
Advertisement

ހަނިމާދޫ ކައުންސިލްގެ މެމްބަރު ފިރާގް މުހައްމަދު ވިދާޅުވީ ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދިނުމަށް ހަމިނާދޫން ބިން ކަނޑައަޅސަ ދޫކުރަނީ ކައުސިލްގެ ހުއްދަނެތިކަމަށެވެ. އަދި އެކަން ކުރަމުން ދަނީ ލޭންޑް ޔޫސް ޕްލޭނާ ރައްޔިތުންގެ ނިންމުމާ ވެސް ހިލާފަށްކަމަށް ފިރާގު ވިދާޅުވިއެވެ. 

މީގެއިތުރުން ކޯޓު އަމުރެއްގެ ދަށުން ބަނޑާރަ ގެއަކަށް ބަދަލު ދީފައި އޮތް ތަނަކުން ފެށިގެން މި މަސައްކަތް ކުރާތީ އެކަން ހުއްޓާލަންވެސް އަންގާފައިވާކަމަށް ފިރާގު ވިދާޅުވިއެވެ. 

ހަނިމާދޫ ކައުންސިލުން ވަނީ ހިރިމަރަދޫ މީހުންނަށް ގޯތި ދޭން އުޅޭތީ އެ މައްސަލަ ފުލުހުންނަށްވެސް ހުށައަޅާފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެ މައްސަލަ ނުބަލަން ނިންމާފައެވެ. 

ފުލުހުން ނިންމި ނިންމުމުގައި ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލާފައިވާކަމަށެވެ. އަދި އެއީ އެ މަސައްކަތުގެ މަސްއޫލިއްޔަތު އޮތް ދައުލަތުގެ ދެ މުއައްސަސާއެއްގެ މެދުގައި ހިނގާފައިވާ އިދާރީ މުއާމަލާތްތަކަކާ ގުޅުންހުރި ކަމެއް ކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. 

އެހެންކަމުން އެކަމުގައި ޖިނާއީ ކުށެއް އެކުލެވިގެންވާކަން ފާހަގަކުރެވިފައިނުވާ ކަމަށާއި މައްސަލައިގައި ހިމެނޭ ފަރާތްތަކުން މަދަނީ ގޮތުން ގާނޫނީ ހައްލެއް ހޯދުމަށް އިރުޝާދު ދީފައިވާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ. 

ހަނިމާދޫއިން މީހުންނަށް ގޯތި ނުދީ، އެރަށަށް ހިރިމަރަދޫ މީހުން ގެނެސް ގޯތި ދިނުމާ ދެކޮޅަށް  އެރަށު ރައްތިތުން ވަނީ މުޒާހަރާވެސް މިދިޔަ ހަފްތާގައި ކޮށްފައެވެ. ރައްޔިތުން ގޮވާލީ ހަނިމާދޫ ރައްޔިތުންނަށް ވެފައިވާ ވައުދާ އެއް ގޮތަށް އެ ބިމުން 600 ގޯތި ކަންތައް ހަމަޖެއްސުމަށް ފަހު ނޫނީ އެހެން ބަޔަކަށް ގޯތި ނުދިނުމަށެވެ. 

އާބާދީގައި 300 ހަމަނުވާ ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމީ މިދިޔަ ފެބްރުއަރީ މަހުއެވެ. އަދި އެ ނިންމުމާއިއެކު މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ މިހާރު ވަނީ އުނިވެސް ކޮށްފައެވެ.

ހަނިމާދޫއިން ހިރިމަރަދޫ ރައްޔިތުންނަށް 200 ގޯތި ދޭން ސަރުކާރުން ވަނީ ނިންމާފައެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;