ads
ރާމާ މަކުނު ފައިސާ ދަބަސް ވަގަށް ނަގަނީ
ހުސޭނުގެ 19،000 ޑޮލަރު ވަގަށް ގެންދިޔައީ އިންޑިއާގައި ދިރިއުޅޭ ރާމާ މަކުނެއް
ޝަރަފާތު ހުސެއިން ކިޔާ މީހަކު، އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ސައިކަލެއްގައި އަޅުވާފައިން ދަބަހަކުން 1.5 ލައްކަ ރުޕީޒް (ގާތްގަނޑަކަށް 19،000 ޑޮލަރު) ރާމާ މަކުނެއް ވަގަށް ނަގައިފިއެވެ.
Advertisement

އަންގާރަ ދުވަހުގެ މި ހާދިސާއަށްފަހު ގިނަބަޔަކު ނުކުމެ ވަނީ މަކުނު ހިފާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަކުނު ސައިކަލުން ފައިސާ ކޮތަޅު ފޭރިގަތީ ސައިކަލުގެ ވެރިފަރާތް ރަޖިސްޓްރީ އޮފީހެއްގެ ތެރޭގައި ހުއްޓައެވެ. ސައިކަލުގެ ވެރިފަރާތް، ޝަރަފާތު ހުސެއިން މިހާދިސާ ހިނގިގޮތް ކިޔައިދެމުން ބުނީ އޭނާ އެ އޮފީހަށް ވަނީ ސައިކަލުގައި ދަބަސް ބައިންދާފައިކަމަށެވެ.

އޮފީހުން ނުކުތްއިރު ހުސެއިންއަށް ފެނުނީ މަކުނު އެ ދަބަސް ހިފައިގެން މަކުނު ދުއްވައިގަތްތަނެވެ. އޭނާ މަކުނު ފަހަތުން ދުއްވައިގަތް ނަމަވެސް އެއީ އޭނާއަށް މާ ބާރެވެ.

ލާރި ކޮތަޅު ހިފައިގެން ހުރި މަކުނު ފެނުމުން ބަޔަކު އެ މަކުނުވެސް ފަހަތުން ދުވަން ފެށިއެވެ. މަކުނު އެންމެ ފަހުން ގަހެއްގެ މައްޗަށް އެރި ނަމަވެސް ރައްޔިތުންނަށް އެ ކޮތަޅު އަނބުރާ ހޯދިއެވެ. 

އެ ފައިސާއަށް އެއްވެސް ގެއްލުމެއް ނުލިބުމުން، އެ ފައިސާ އަނބުރާ ލިބުމުން ހުސެއިންއަށް ލުޔެއް ލިބުނެވެ. އަދި އެ ފައިސާ އަނބުރާ ހޯދުމަށް އެހީތެރިވެދިން މީހުންނަށް ޝުކުރުވެރިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ މިއީ މަޖާކަމެއްގެ ގޮތުގައި ދެކި ކޮމެންޓުކޮށްފައެވެ. މަކުނު މިހާރު މިލިއަނަރެއް ކަމަށް ބުނެ ބައެއް މީހުން ވަނީ ސަމާސާ ވެސް ކޮށްފައެވެ.

އެ މަކުނަކީ އިންޑިއާގައި ފައިސާ ވަގަށް ނެގި ފުރަތަމަ ޖަނަވާރެއް ނޫނެވެ. ފާއިތުވި އަހަރުތަކުގައި މަކުނު، ގެރި އަދި ކުއްތާ ވެސް މީހުންގެ އަތުން ފައިސާ ވަގަށް ނަގާފައެވެ.

50%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް