ads
ނާދިރާ އެމްއާރުއެމްގެ ނައިބު ރައީސް
ވުޖޫދުން ޕާޓީ ފޮހެލުމަށް މަސައްކަތް ކުރީ ހަމައެކަނި އިލެކްޝަނަކުންނޫން: އެމްއާރުއެމް
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ވުޖޫދުން ފޮހެލުމަށް މަސައްކަތް ކުރީ ހަމައެކަނި އިލެކްޝަން ކޮމިޝަނުން ނޫން ކަމަށް އެމްއާރުއެމް އިން ބުނެފިއެވެ.

އެމްއާރުއެމް އިން މިހެން ބުނެފައިވަނީ "ސީއެންއެމް ޓީވީގެ ރިޔާސީ ރޭސް 2023" ޕްރޮގްރާމްގައި ވާހަކަ ދައްކަމުންނެވެ.

އެގޮތުން އެޕާޓީގެ އިސް ދެފަރާތެއް ކަމަށްވާ އެމްއާރުއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާއާއި، އަދި އެ ޕާޓީގެ ރަޖިސްޓާ ފާތުމަތު ޝަހީދާ ވިދާޅުވީ އެމްއާރުއެމް އުވާލުމުގައި ސިޔާސީ ބައެއްގެ ދައުރު އޮތް ކަމަށެވެ. 

އެމްއާރުއެމް ފޮހެލެެއްވުމުގައި ހަމައެކަނި މަސައްކަތް ކުރެއްވީ އިލެޝަން ކޮމިޝަނުން ނޫންކަމަށާއި، އެކަމުގައި ސިޔާސީ ބައެއް ފަރާތްތަކުގެ އެއްބާރުލުމެއް އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ނާދިރާ ވިދާޅުވިއެވެ.

އަދި އިތުރަށް ވާހަކަ ދައްކަވަމުން ޝަހީދާ ވިދާޅުވީ ޕާޓީގެ ކުރިމަގުގައި މިހާރު އޮތީ އާންމު މެމްބަރުންގެ މެދުގައި ސުވާލު އުފެދޭ ހިސާބު ގައި ކަމަށެވެ.

މެމްބަރުން ހަމަ ނުވާ ކަމަށްބުނެ ފެބްރުއެރީ މަހު ނޯޓިސް އެއް ދެއްވި ކަމަށާއި، ނަމަވެސް އަދަދު ހަމަކުރެވޭ ވަރަށް ފަހުން ވެސް ފޯމު ހުށައަޅާފައިވާ ކަށެވެ. ނަމަވެސް ފޯމު ހުަށައަޅަމުން ދިޔައިރުވެސް މެމްބަރުން އިތުރުނުވާ ކަމަށް އިލެޝަންއިން ވިދާޅުވެފައިވާތީ އެއީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަވަމުން ދިޔަ ކަމަށެވެ.

"އަޅުގަނޑު މެންނަ ފާހަވި މައްސަލަ ތަކުގެ ތެރޭގަ ހަގީގަތް ނޭނގޭ ގޮތަށް އަޅުގަނޑުމެންގެ މެމްބަރުން އިލެޝަންއިން އިން ވަކިކުރުމުން ދިޔަ." ފާތުމަތު ޝަހީދާ

ނަދިރާ ވިދާޅުވީ މިގޮތަށް އިލެކްޝަންގެ އަމަލުތައް ހުރުމުން މިނިވަން މުއައްސައެއްގޮތަށް ގަބޫލުކުރަން ފަސޭހަ ނޫން ކަމަށާއި، މިއަދު ދިވެހި ރައްޔިތުން އެގޮތަށް ގަބޫލު ނުކުރާ ކަމަށެވެ.

އިލެކްޝަން ކޮމިޝަނަކީ ސިޔާސީ ޕާޓީތައް އިދަ ޖައްސާލަން އޮންނަ ތަނެއްނޫން ކަމަށާއި، އެ ތަނުގެ ޒިންމާއަކީ ކުޑަ ޕާޓީ އެއްވިޔަސް ބޮޑު ޕާޓީއެއް ކަމުގައި ވީނަމެސް އެޕާޓީ އަކަށް އެއްބާރުލުންދީ ކުރިއަށް ދިއުން ކަމަށެވެ.

0%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް