ads
ފިލްމު އެވޯޑްސް އަށް ކުރިމަތިލުމަށް ހުޅުވާލުން: ފައިލް ފޮޓޯ ރާއްޖެ އެމްވީ
ދިވެހި ފިލްމު އެވޯޑްސް އަށް ކުރިމަތިލުމަށް ހުޅުވާލައިފި
"ދިވެހި ފިލްމު ފެސްޓިވަލް" އާއި "ފިލްމު އެވޯޑްސް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އެވޯޑްގައި ބައިވެރި ކުރެވޭނީ، 2019 އިން 2022 ވަނަ އަހަރުގެ ނިޔަލަށް ނެރެފައިވާ ފިލްމުތައް ކަމަށް ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން ބުންޏެވެ.

"ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ 'ދިވެހި ފިލްމު އެވޯޑްސް' މިއަހަރުގެ އޮގަސްޓް މަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ،" އެންސީއޭއިން ބުރާސްފަތި ދުވަހު ބުންޏެވެ.

ދިވެހި ފިލްމު ފެސްޓިވަލުގައި ކޮމްޕެޓެޓިވް ކެޓަގަރީއަކާއި ނޮން ކޮމްޕެޓެޓިވް ކެޓަގަރީއެއް އޮވެއެވެ. ކޮމްޕެޓެޓިވް ކެޓަގަރީ ފިލްމު އެވޯޑްސްގައި ވާދަ ކުރާ ހުރިހާ ފިލްމެއް ހިމެނޭނެއެވެ.  ނޮން ކޮމްޕެޓެޓިވް ކެޓަގަރީގައި ވާދަ ކުރެވޭނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފީޗާ ފިލްމުތަކެވެ.

ފިލްމު އެވޯޑްސްގައި 60 މިނެޓަށްވުރެ ދިގު ފީޗާ ފިލްމު، 60 މިނެޓަށްވުރެ ކުރު، ކުރު ފިލްމު އަދި 90 މިނެޓަށްވުރެ ދިގު ނޫން ޑޮކިއުމެންޓްރީ ފިލްމު ބައިވެރި ކުރުމުގެ ފުރުސަތު އެންސީއޭއިން ވަނީ ހުޅުވާލާފައެވެ. 

ދިވެހި ފިލްމް އެވޯޑް ހަފްލާ އެންމެ ފަހުން ބާއްވާފައި ވަނީ 2019ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް